މާލޭގައި ބާއްވާ އެއްވުންތައް ދެން ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް މިނިސްޓްރީ އޮފް ހޯމަ އެފެއާޒްއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި ދެން އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޭ ހުއްދައަކާއި އެކު ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ.

Ad
rt

އެ މިނިސްޓްރީއިން އިން މިގޮތަށް ބުނެފައިވަނީ، މި ދުވަސްވަރަކީ ކޯވިޑް 19ގެ ބަލި ހަލުވި ކަމާއި އެކު މާލޭގައި ފެތުރޭ ދުވަސްކޮޅަކަށް ވުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި އަންހެނުން އާއި ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވެ، އެއްވެސް މައްސަލަ އަކަށް އިންސާފެއް ލިބިފައި ނުވާތީ ބައެއް ފަރާތް ތަކުން ދަނީ ނުރުހުން ފާޅުކޮށް އިންސާފު ހޯދަދިނުމަށް އެދި މުޒާހަރާ ކުރަމުންނެވެ.

މީގެ އިތުރުން މުސާރަ ނުދޭ މައްސަލައިގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް އަންނަނީ ހައްޤު ހޯދާ ދިނުމަށް އެދި މުޒާހަރާ ކުރަމުންނެވެ.