ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިއަދު ބުނީ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ވާކަމަށެވެ.

Ad
rt

" މިސާރވޭއަކީ ވޯލްޑް ބޭންކް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިއާދަކުރެނިވި ހަކައިތައިގެ މަޝްރޫޢު "އެކްސެލަރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ" މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމާއި، ބެޓަރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި ރަށުގެ ކަރަންޓު ވިއުގަރ ގެ ފެންވަރު ރަނގަޅު ކުރުމާއި މެދު އާންމުގެ ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސާރވޭ އެކެވެ. މި ސާރވޭގައި ހިއްސާކުރާ މަޢުލޫމާތުގެ ހަމައެކަނި ބޭނުންކުރާނީ ދިރާސާގެ ބޭނުމުގައި އެކަންޏެވެ. އަދި ސާރވޭގެ ބޭނުމަށް ހިއްސާކުރާ އެއްވެސް ޒާތީ މުޢާމަލާތްތަކާއި ސާރވޭއަށް ފޯމް ފުރާ މީހުންގެ މައުލޫމާތުގެ ޢާއްމުނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން އަރުވައެވެ. "

އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައި ވެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން މައިގަނޑު ތިން މަސައްކަތެއް ކުރާނެ ކަމަށެވެ. އެއީ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމުކުރުމާއި ކަރަންޓް ގްރިޑް އަޕްގްރޭޑް ކުރުމުގެ އިތުރުން ބެޓެރި އެނާޖީ ސިސްޓަމެއް ގާއިމުކުރުމެވެ.

ސޯލާ ޕެނަލް ޖެހުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ އެއާޕޯޓު ކައިރި ސަރަހައްދުތަކުގައި ކަމަށްވެސް އެ މިނިސްޓަރީއިން ވަނީ ބުނެފައެވެ.

މި ސާރވޭ ކުރިއަށްދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ކުޅުދުއްފުށި ކައުންސިލާއި ގުޅިގެން 13 ޖުލައި 2020 އިން 19 ޖުލައި 2020 ގެ ނިޔަލަށް ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.