މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް ލަފާކޮށް، ހދ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހދ އަތޮޅުން ފެށިގެެން ލ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ފަތިހު 5:00 އިން ފެށިގެން ހެނދުނު 11:00 އާއި ހަމައަށެވެ.

Ad
rt

އެ އިދާރާއިން މޫސުން ލަފާކޮށްފައިވާ ގޮތުގައި ފަތިހު 5:00 އިން ފެށިގެން ހެނދުނު 11:00 އާއި ދެމެދު ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ. އަދި ވިލާ ގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އެ އިދާރާއިން ލަފާކުރަށްވާ ގޮތުގައި ށ. އަތޮޅުން އައްޑޫ ސިޓީއަށް މިއަދު ރާޅު އެރުމުގެ ފުރުޞަތުވެސް އެބަ އޮތެވެ. އެހެން ކަމުން އެ އިދާރާއިން ވަނީ އެ ޞަރަޙައްދަށްވެސް ވައިޓް އެލާޓް ނެރެފައެވެ.

މިގޮތުން އެ ސަރަޙައްދަށް ރާޅު އަރާނެ ކަމަށް ލަފާކޮށްފައި ވަނީ ހެނދުނު 6:00 އިން 10:00 އަށެވެ.

މިދުވަސްވަރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުންގޯސްވެ، ބައެއް ރަށްރަށަށް ރާޅު އެރުމުގެ ހާދިސާ ތަކާއި ކުރިމަތި ވަމުންނެވެ. މިގޮތުން މީގެ ދެ ދުވަސް ކުރިން އައްޑޫ ސިޓީގެ މަރަދޫއަށް ވަރަށް ބޮޑަށް ރާޅު އަރާފައިވާއިރު، އަދި ލ. މާވަށަށް ހަތަރު ފޫޓުގެ ރާޅެއް އަރައި އެރަށުގައި ވަނީ ފެން ބޮޑުވެ، އެރަށުގެ 100 ވަރަކަށް ގެއަށް ވަނީ ގެއްލުން ވެފައެވެ.