ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ހޯރަފުށީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. މިއަދު މި މަޝްރޫޢުގައި ހިމެނޭ ފަރާތްތަކުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިދާރާގައި ބައްދަލުވުމެއް ބާއްވާފައެވެ.

މި ޕްލާންޓް ގާއިމްކުރުމަށްޓަކައި އެރަށު ވޯޓާ ސަޕްލައި ޕްލާންޓް ހުރި ސަރަހައްދުގައި ކައުންސިލުން ބިން ހަމަޖައްސާ ދީފައިވާއިރު، އަންނަ އަހަރު ފެބްރުއަރީގެ ނިޔަލަށް ޕްލާންޓް ގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭކމަށް ފެނަކަ އިން މައުލޫމާތު ދެއެވެ.

މި މަޝްރޫއު ގެ ދަށުން ރަށުގެ ކޮންމެ ގޭބިސީއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ހަވާލުކުރުމަށް ހަމަޖެހިފައިވާ އިރު ހޯރަފުށީ ފެންޕްލާންޓް އިން ދުވާލެއްގެ މައްޗަށް 10 ހާހާއި 12 ހާހާއި ދެމެދުގެ އަދަދެއްގެ ބިއްލޫރި ފުޅި އުފައްދާނެ ކަމްށް ބެލެވެއެވެ.

މި ޕްރޮޖެކްޓް ގެ ސަބަބުން ކައިރި ރަށްރަށާއި ރިސޯޓު ތަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުގައި ފަސޭހަ އަކަށް ވާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. އޭގެ އިތުރުން ޕްލާންޓް ހުޅުވުމުން ރަށުގައި ވަޒީފަައިގެ ފުރުސަތުތައް އަތުރު ވެ، ރަށުގެ އާމްދަނީ އިތރުވުމަށް އެހީތެރިވެދޭނެ ކަން ފާހަގަކޮށްލެވެ އެވެ.

ހއ. ހޯރަފުށީގައި ފެން ބަދުކުރާ ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އިންޑިއާ ގެ އެޗް.އައި.ސީ.ޑީ (ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް) ގެ ސްކީމް ގެ ދަށުންނެވެ. އިންޑިޔާ ސަރުކާރުގެ މާލީ އެހީތެރިކަމުގެ ދަށުން ކުރިއަށް ދާ މި މަޝްރޫއު ގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އާއެވެ.

ފެނަކަ ކޯޕަރޭޝަންއާއި ހޯރަފުށީ ކައުންސިލްއާއި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

Ad
rt