ސަރަހައްދީ ބަނދަރު ވިޔަފާރީ ގެ ވާދަވެރިކަމުގެ ތެރޭން މުދަލުގެ އަގުތިރިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ކުރި ޓުވީޓެއްގައި ބޮންޑޭ ވިދާޅުވެފައިވަނީ ބޭރު ގައުމުތަކުން މުދާ ބަރުކޮށްގެން ރާއްޖެ ވަންނަ ކާގޯ ބޯޓުފަހަރު އަތޮޅުތައް ހުރަސްކޮށް، މާލޭ ގުރާބު ތުނޑިޔަށް މަރުކަޒު ކޮށްގެން ބާލާ ވިޔަފާރި މުދަލުގެ އަގު ކޮންޓްރޯލް ކުރާނީ މާލޭ ގުރާބު ތުނޑިންކަމަށެވެ.

Ad
rt

ބޮންޑޭގެ މިޓުވީޓްއަށް ރައްދު ދެއްވަމުން އަތޮޅުތައް ބާރުވެރިކުރުވުމަށް ވަކާލާތު ކުރަމުން އަންނަ މީޑީޔާ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނަޒީފް ބުނެފައިވަނީ ސަރަހަދީ ބަނދަރުތައް ކުރި އަރާ ނަފާ ހޯދޭނީ ބިނާކުރަނިވި ވާދަވެރި ކަމެއް އުފެދިގެންކަމަށެވެ.

އެކަމަކު، ސަރަހަދީ ބަނދަރުތައް ވެސް ހިންގަން މި ޖެހެނީ މާލޭގައި ހުންނަ އެމްޕީއެލްއިން ދެން ކޮން ވާދަވެރި ކަމެއް ތޯ އުފެއްދޭނީ؟

ބޮންޑޭގެ މެސެޖް އަށް ރިޕްލައި ކުރަމުން ނަޒީފް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވަމުން ގެންދަވާ ބޮންޑޭ މިހެން ބުނެފައިވާއިރު މިސަރުކާރުން އަންނަނީ، މިހާތަނަށް ރާއްޖޭގައި ހިއްކާނެ އެންމެ ފުން ފަޅު ގުޅިފަޅު ހިއްކުމުގެ މަސައްކަތްތައް ފަށާ ގުޅީފަޅަށް މާލޭ ޕޯޓް ބަދަލުކުރުމުގެ މެގަ ޕްރޮޖެކްޓްއެއް ފަށާފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ގުޅީފަޅު ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް، 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަރަ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ، ނެދަލެންޑްސްގެ، ބޮސްކާލިސްއާ އެވެ. މަޝްރޫއު ނިމޭއިރު، ގުޅިފަޅުން ގާތްގަނޑަކަށް 75 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އެ ޕްރޮޖެކްޓަށް ޖުމްލަ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ނުވަތަ ފަސްބިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެ ބަނދަރު ވެގެންދާނީ ސައިޒު އަދި އިކުއިޕްމަންޓް އަދި ޒަމާނީގޮތުން ބެލިޔަސް މި ސަރަހައްދުން ފާހަގަކޮށްލެވޭ ބަނދަރަކަށް ކަމަށް އިކޮނޮކިމް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވެއެވެެ.

މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ބަނދަރު ހިންގާނީ އެމްޕީއެލްއިން ކަމަށާއި ނަމަވެސް މެނޭޖުމަންޓް ކޮންސެލްޓެންޓުންގެ ގޮތުގައި ބޭރު މީހުން ހޯދުމުގެ ވިސްނުން އެބަހުރި ކަަމަށެވެ. ގުޅީފަޅުގެ މަސައްކަތް ބާރުސްޕިޑްގައި ކުރިއަށް ދާއިރު އުތުރުގެ ޓްރާސްޝިޕްމެންޓް ޕޮޓްގެ ވާހަކަ މިސަރުކާރުން ފަށާނެކަމަށް ވަނީ ބުނެފައެވެ. އުތުރުގައި އެކަންކުރުމުގެ ފީޒިބިލިޓީ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން މިއަހަރުގެ ކުރީކޮޅުވަނީ ބުނެފައެވެ. މިދިޔަ ސަރުކާރުންވެސް އައި ހެވަންގެ ނަމުގައި މެގަ ޕްރޮޖެކްޓްއެއް އިޢުލާން ކުރުމަށްފަހު ވެރިކަން ނިމިގެންދިޔަ އިރުއެކަންވެގެން ގޮސްފައިވަނީ ބިލާހަކަށެވެ.