•  
  •  
  •  
  •  
  •  
  •  
  •  

ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި ރޯވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވީ “މާލިފުށި 2” ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވުމާއި ގުޅިގެން، ލޯންޗުން ދަތުރުކުރަމުން ދިޔަ ދެ މީހަކު ފިހިފައިވާކަމަށެވެ.

ލޯންޗުގައި އަލިފާން ރޯވީ ރިސޯޓުން ފުރައިގެން މާލެ ދިއުމުގެ މަގުމަތީގައި ގުރައިދޫއަށް ޖައްސަން ދަނިކޮށް، އެރަށު ބޭރުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ލޯންޗުން  ހަ މީހަކު އެ ދަތުރުކުރަމުން ދިޔަ ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު ފިހިފައިިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ފިހިފައިވަނީ ލޯންޗުގެ ފަޅުވެރިންކަމެއް ނުވަދަ އެލޯންޗުން ދަތުރު ކުރަމުން ދިޔަ ދަތުރު ވެރިންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ ދެމީހުންނަށް މާލިފުށި ރިސޯޓުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

 މާލިފުށި ރިސޯޓުގެ މުވައްޒަފުން ފުލުހުންނާއި ގުޅިގެން ކުރި މަސައްކަތުން ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ވަރަށް ބޮޑަށް އަޑިއަށް ގޮސްފަ އެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ