3 ވަނަ މަރުޙަލާގައި ފުރަބަންދުގެ ޙާލަތަށް ދެވޭ ލުއިތަކުގެ ތަފްޞީލް

ފޮޓޯ: ސަން
ފޮޓޯ: ސަން

"ކޯވިޑް-19" ފެތުރެމުންދާ މި ނާޒުކު ޙާލަތުގައި، ޢާންމު ދިރިއުޅުމަށް އެނބުރި ރުޖޫޢަވެ، ދިރިއުޅުމުގެ އައު އާދަތަކަށާއި، އައު ވައްޓަފާޅިއަކަށް ވާޞިލުވުމަށް ކުރަމުން އަންނަ މަސައްކަތްތައް މިވަނީ، ތަފާތު އެކި މަރުޙަލާތަކަކަށް ބަހާލެވިފައި. މިގޮތުން ތިރީގައި ބަޔާންކުރެވިފައި އެވަނީ، މިހާރު ޢަމަލުކުރަމުންދާ ފުރަބަންދުގެ ޙާލަތަށް، 1 ޖުލައި 2020 އިން ފެށިގެން ލުއިދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް.

ފުރަބަންދުގެ ޙާލަތަށް ދެވުނު ލުއިތަކާއިއެކު ކުރިޔަށް ދިޔުމާއި، އައު ޢާންމު ޙާލަތުގައި ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރާނެ ގޮތް

  • ގްރޭޓަރ މާލެ ސަރަޙައްދުގައި ޢާންމުކޮށް މަގުތަކުގައި އުޅުމަށް ކަނޑައެޅިފައިވާ ގަޑިއަކީ، ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ރޭގަނޑުގެ 11:00 އާ ދެމެދު.
  • ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 30 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް.
  • ބޭރަށް ނުކުމެވޭ ގަޑިތަކުގައި ކުރިޔާ ޚިލާފަށް ވަކި ބަޔަކަށް ވަކި ގަޑިއެއް ޚާއްޞަކުރެވިގެނެއް ނުވޭ.
  • ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރުގައި ނޫޅުން.
  • ބޭރަށް ނުކުންނަ ނަމަ، އެކަކު އަކެކަކާއި ދެމެދުގައި މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ބެހެއްޓުން.
  • ރަނގަޅަށް ވައި ދައުރުނުވާ ގޮތަށް ހުންނަ ބަންދު ތަންތަނާއި، ޚިދުމަތް ދޭ އައުޓްލެޓްތަކުގައާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކް އެޅުން
  • ގިނަ ގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން.
  • ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން.
  • ބަލިވެ އުޅޭނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކުރުން.
  • ހުންއައިސް، ކެއްސާ، ބޮލުގައި ރިއްސާ، ނޭވާލާން އުނދަގޫވުން ފަދަ އެއްވެސް ޢަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ފްލޫ ކްލިނިކަކަށް ދިއުން.

ޖުލައި މަހުގައި ލުއިދެވޭއިރު މަނާކުރެވިފައިވާ ކަންކަން

  • ކޯވިޑް-19 ގެ ބަލިމަޑުކަން ފެނިފައިވާ އެއްވެސް ރަށެއްގައި 12 އަހަރުން ދަށުގެ ކުދިން ސްކޫލް، ޓިއުޝަން ކްލާސް އަދި ޑޭކެއަރ ފަދަ ތަންތަނަށް ގެންދިޔުން މަނާ.
  • ކުޅިވަރު އެކެޑެމީތަކާއި، ގިނަ ކުދިން އެއްވެގެން ބާއްވާ ޙަރަކާތްތައް ހިންގުން މަނާ.
  • ގިނަ މީހުން އެއްވެގެން ބާއްވާ ޕާޓީތަކާއި، އަދި ރެލީ ފަދަ ޙަރަކާތްތައް ހިންގުން މަނާ.
  • ކޯވިޑް-19 ގެ ބަލިމަޑުކަން ފެނިފައިވާ އެއްވެސް ރަށެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގުން މަނާ.

ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން

  • ދަތުރުފަތުރުކުރުމުގައި އެޗް.ޕީ.އޭ އިން ނެރެފައިވާ ރައްކާތެރިކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރަންޖެހޭގޮތުގެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުން.
  • ކޯވިޑް-19 ފެނިފައިނުވާ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ދިނުމާއި، ޢާންމު އުޞޫލުން ދަތުރުފަތުރު ކުރުމުގައި ކުރިޔެކޭ ވެސް އެއްގޮތަށް އެއްވެސް ހުރަހެއް ނެތް.
  • ކޯވިޑް-19 ފެނިފައިވާ ރަށްރަށުގައި ޢަމަލުކުރަންވީ ގޮތް:
    • އެހެން ރަށްރަށުން ގްރޭޓަރ މާލެ ސަރަޙައްދަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް.
    • ފުރަބަންދުގެ ޙާލަތުގެ ސަބަބުން ގްރޭޓަރ މާލެ ސަރަޙައްދުގައި ތިބި، އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން، އެމީހުންގެ ރަށަށް އަނބުރާ ދިޔުމުގައި ޢަމަލުކުރެވޭނީ މިހާރު ވެސް ޢަމަލުކުރަމުން އަންނަ އުޞޫލުން. އަދި، މާލެއިން ނުވަތަ ކޯވިޑް-19 ގެ ބަލިމަޑުކަން ފެނިފައިވާ ރަށަކުން އެނބުރި ދާ ރަށަކަށް ދިޔުމަށް ފަހު، އެމީހަކު ހުންނަން ހަމަޖެހިފައިވާ ގެއެއްގައި، 14 ދުވަސް ހަމަވަންދެން ގޭގައި ކަރަންޓީން ގައި ހުންނަންވާނެ.

ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް

  • ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީ (ހެނދުނު 9 އަކުން ރޭގަނޑު 11 އަށް) އަދި ޓޭކްއަވޭ ޚިދުމަތް ދިނުން ކުރިއެކޭ ވެސް އެއްފަދައިން ކުރިޔަށް ގެންދިޔުން.
  • ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތް (ހެނދުނު 9 އަކުން ރޭގަނޑު 10 އަކަށް) ދިނުމަށް ހުޅުވައިލުން.
  • ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހިންގުމުގައި ޢަމަލުކުރަން ޖެހޭނީ އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް.
  • ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގެ ޚިދުމަތް ދިނުމުގައި އެއްފަހާރާ އެތަނަކަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބެހެއްޓުން. އަދި، 3 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމް ހަމަޖެއްސުން.
  • އެތެރޭގައި ޚިދުމަތް ހޯދާއިރު މާސްކް އެޅުން.

މިސްކިތްތައް

  • ގްރޭޓަރ މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި ގުޅޭގޮތުން އެކުލަވާލައިފައިވާ އުޞޫލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިނ ވަނީ އިޢުލާންކޮށްފައި.
  • މިސްކިތްތައް ބޭނުންކުރަން ވާނީ އިސްލާމިކް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް.

ސަރުކާރުގެ އޮފީސްތައް

ޕްރައިވެޓް އޮފީސްތައް

ބޭންކްގެ ޚިދުމަތްތައް

  • ޖުލައި މަހުގެ 1 ވަނަ އަދި 2 ވަނަ ދުވަހުގައި އެމްއެމްއޭ އާއި ބޭންކްތަށް ހުޅުވާލައިފައި ހުންނާނީ ހެނދުނު 9.30 އިން މެނދުރުފަހު 14:00 އަށް.
  • ކުރިޔަށް އޮތް ދުވަސްތަކުގައި އެޗް.ޕީ.އޭ ގެ އުޞޫލުތަކާއި އެއްގޮތަށް މިތަންތަން ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިޢުލާނުކުރެވޭނެ.

ތަޢުލީމީ ދާއިރާ

ކޯވިޑް-19 ފެނިފައިވާ ރަށްރަށުގައި ކިޔެވުން:

  • ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9-12) ގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވައިލުން. (ސްކޫލްތައް ހިންގާނެ ގޮތް ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާ ގުޅިގެން)
    • މި ކީ ސްޓޭޖްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވި ކަމުގައިވިޔަސް ޓެލިކްލާހާއި، އޮންލައިން ގޫގްލް ކްލާސް ވެސް ކުރިޔަށްގެންދިޔުން.
    • ކޮންމެ ސެޝަނެއް ކުރިޔަށް ގެންދެވޭނީ 4 ގަޑިއިރު.
    • ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވަންޖެހޭނީ ހަފްތާއަކު 4 ދުވަހު. (ޖުލައި 1 ގައި ސްކޫލް ހުޅުވޭއިރު – ސެޝަން ވަގުތު ބަދަލުވުން އެކަށީގެންވޭ)
    • ދަރިވަރުން އަދި ސްކޫލްގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންވެސް މާސްކް އެޅުން.
    • ސްކޫލަށް ވަންނަން ހުންނަ ޕޮއިންޓްތަކުގައި ޓެމްޕަރޭޗަރ ބަލައި ސްކްރީންކުރުން.
    • ސްކޫލް އެސެމްބްލީތަކާއި، އިތުރު ޙަރަކާތްތައް ހިންގުން މަނާ.
    • މަދުވެގެން އެކަކު އަނެކަކާ ދެމެދުގައި 3 ފޫޓުގެ ގައިދުރުމިން ފަރިތަކުރުން.
    • ސްކޫލްގައި އަތް ދޮވެވޭނެ/ ސެނިޓައިޒް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.
    • ކޮންމެ ސެޝަންއެއް ނިންމާލުމަށްފަހު ޤަވައިދުން ކްލާސްރޫމްތައް ޑިސްއިންފެކްޓްކުރުން.
    • ކޮންމެ ދުވަހަކު އެއްފަހަރު ކްލާސްރޫމްތައް ސާފުކުރުން.
    • ހަފްތާ ބަންދުގައި ކްލާސްރޫމްތައް 'ޑީޕް ކްލީން' ކުރުމަށްފަހު ޑިސްއިންފެކްޓްކުރުން.
  • ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 3 (ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުން) ސްކޫލަށް ހާޒިރުނުވި ކަމުގައިވިޔަސް ޓެލިކްލާހާއި، އޮންލައިން ގޫގްލް ކްލާހުގައި ބައިވެރިވުން.
  • އައިސޮލޭޝަން، ކަރަންޓީން، އަދި އިތުރު ސަބަބަކާއި ހުރެ ސްކޫލަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ ޓެލިކްލާހާއި، އޮންލައިން ގޫގްލް ކްލާހުގައި ބައިވެރިވުން.
  • އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ސެން ކްލާހުގައި ދަރިވަރުންނަށް ކިޔަވާ ދިނުން. ކޯވިޑް-19 ފެނިފައިނުވާ ރަށްރަށުގައި ކިޔެވުން:
  • ކީ ސްޓޭޖް 1 އިން ފެށިގެން 5 (ގްރޭޑް 1-12) ގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވައިލުން. (ސްކޫލްތައް ހިންގާނެ ގޮތް ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން ގުޅިގެން)

މަތީ ތަޢުލީމާއި ތަމްރީން ދިނުން

  • މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ އުޞޫލާ އެއްގޮތަކަށް ކިޔެވުން ކުރިޔަށް ގެންދިއުން.
  • މަރުކަޒަށް ކިޔަވައިދޭ ޓީޗަރުން، މުވައްޒަފުން އަދި ދަރިވަރުން ޙާޒިރުވާނަމަ، މާސްކް ބޭނުންކުރުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ 'މާސްކް އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އެޞޫލާ' އެއްގޮތަށް ޢަމަލުކުރުން.
  • އެކަކު އަނެކަކާއި ދެމެދުގައި މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ހިފެހެއްޓުން.

ކުޅިވަރު އަދި ރިކްރިއޭޝަން

  • ޖުލައި 1 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ޓީމް ކުޅިވަރުތައް ކުރިޔަށް ގެންދިއުން.

ޖިމް އަދި ފިޓްނަސް ސެންޓަރުތައް

ފަތުރުވެރިކަން

  • ރިޒޯޓްތައް:
  • ގެސްޓް ހައުސްތައް:
    • ޖުލައި 1 ވަނަ ދުވަހުން ފެށިގެން ކޯވިޑް-19 ފެނިފައިނުވާ ރަށްތަކުގެ ގެސްޓްހައުސްތައް ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ހުޅުވައިލެވޭނެ.
    • މި ރަށްތަކަށް ދަތުރުކުރެވޭނީ ޢާންމުންގެ ތެރެއިން ކޯވިޑް-19 ފެނިފައިނުވާ ރަށްރަށުގެ މީހުންނަށް.
    • ބޭރުގެ ފަތުރުވެރިންނަށް ގެސްޓްހައުސްތަށް ހުޅުވައިލެވޭނީ އޮގަސްޓް މަހުގެ ތެރޭގައި.

އެއަރޕޯރޓް

ޑޮމެސްޓިކް އެއަރޕޯރޓް:

  • ކޯވިޑް-19 ފެނިފައިނުވާ ރަށްތަކުގެ މެދުގައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް އެއަރޕޯރޓްތަކުގައި ޢަމަލުކުރަމުންދާނީ މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލާއި އެއްގޮތަށް.
  • ދަތުރުކުރުމުގައި މާސްކްއެޅުމާއި، މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ހިފެހެއްޓުން. އިންޓަރނޭޝަނަލް އެއަރޕޯރޓް:
  • ބައިނަލްއަޤްވާމީ ދަތުރުތަކަށް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ހުޅުވިގެންދާނީ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން.
  • ދަތުރުކުރުމުގައި މާސްކްއެޅުމާއި، މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ހިފެހެއްޓުން.
  • އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމުގައި އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުޞޫލު (ރެސްޕޮންސް ޤައިޑްލައިން ފޮރ ދި ޕޮއިންޓްސް އޮފް އެންޓްރީ) އާ އެއްގޮތަށް ޢަމަލުކުރުން.

ޕޯރޓް އޮފް އެންޓްރީ

  • ޕޯރޓްތައް ހުޅުވައި ހިންގުމުގައި އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުޞޫލު (ރެސްޕޮންސް ޤައިޑްލައިން ފޮރ ދި ޕޮއިންޓްސް އޮފް އެންޓްރީ) އާ އެއްގޮތަށް ޢަމަލުކުރުން.

ސްޕާ، ސެލޫންތަކާއި ބޯކޮށާ ތަންތަން

  • ޖުލައި 1 ވަނަ ދުވަހުން ފެށިގެން ބޯކޮށާ ތަންތަނާއި، ސެލޫން އަދި ސްޕާތައް ހުޅުވައިލުން.
  • މިފަދަ ތަންތަން ހިންގުމުގައި ޢަމަލުކުރަންވާނީ އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް.
  • ބޯކޮށާ ތަންތަނާއި، ސެލޫން އަދި ސްޕާތައް ހިންގުމުގައި އެއްފަހަރާ އެތަނަކުން ޚިދުމަތް ފޯރުކޮށްދެވޭނެ މީހުންގެ ޢަދަދު ބޭރުގައި ފެންނަގޮތަށް ބެހެއްޓުން. އަދިމަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ހިފެހެއްޓޭނެގޮތަކަށް އިންތިޒާމް ހަމަޖެއްސުން. އަދި މިތަންތަނުގެ އެތެރޭގައި ޚިދުމަތް ހޯދުމުގައި މާސްކް އެޅުން.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *