ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަކަށް ފޮޓޯއާއި ވިޑިއޯ އާންމުކުރާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބުނެފިއެވެ.

ކުޑަ ދެކުއްޖަކު އުމުރާއި ނުގުޅޭ އަމަލެއް ހިންގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް 29 ޖޫން 2020 އިން ފެށިގެން ދައުރުވަމުން އަންނަކަން އެ ސަރވިސްއަށްވަނީ ފާހަގަކުރެވިފައިވުމުން އެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ކުޑަކުދިންނާއި ގުޅޭ ވީޑިއޯތައް މީސް މީޑިއަރގައި ދައުރުކުރުވުމަކީ ކުޑަކުދިންގެ މަސްލަޙަތާއި އެކުދިންގެ ކަރާމާތާއި އެކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ފޯރާނޭކަންކަމަށްވުމުން މިފަދަ ވީޑިއޯ މީސް މީޑިއަރގައި ދައުރު ކުރުވުމަކީ އެ ސަރވިސްއިން ބަލައިގަނެވޭނޭ ކަމެއްނޫކަމަށެވެ.

Ad
rt

އެ މައްސަލައަކީ އެ ސަރވިސްއިން ކަމާއި ގުޅުންހުރި އެންމެހައި ފަރާތްތަކާއި ގުޅިގެން ބަލަމުން އަންނަ މައްސަލައެއްކަމުގައި ދަންނަވާފައިވެއެވެ.

ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ) 10 ވަނަ މާއްދާގެ (ހ)ގައި ކުއްޖާ ހެދި ބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ ޢާއިލާގެ ފަރާތުންނާއި، މުޖުތަމަޢުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރާކަމަށާއި މީގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ)ގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާލު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާކަން ބަޔާކޮށްފައިވާކަންވެސް އެ ސަރވިސްއިން ފާހަގަ ކުރައްވާފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިއްވަރު ދިނުމަކީ މަނާކަމެއްކަމާއި، މިފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަހުޤީޤުކޮށް އެކަމުގެ ކުޑަ ބޮޑުމިނަށްބަލާ، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާފަދަ މަޢުލޫމާތު، ފޮޓޯ އަދި ވީޑިއޯ މީސް މީޑިއާގައި އާންމުކުރާނަމަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅުއަޅާނޭކަމުގައި ދަންނަވާފައިވެއެވެ.