މެކްސިކޯއަށް 7.4 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައުމާއިއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ.

މި ބިނއހެލުން އައިސްފައިވަނީ މެކްސިކޯގެ ދެކުނުގައި އޮންނަ ސަންޓާ މާރިއާ ހުއަޓުލްކޯ ސަހަރުގެ ބިމު އަޑިން 32 ކިލޯމީޓަރު އަޑިއަށް 7.4 މެގްނިޓިއުޑުގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވެއެވެ. އެންމެ ފުރަތަމަ މި ބިންހެލުން ރިޕޯޓުކޮށޤފައިވަނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ނަމަވެސް ފަހުން ވަނީ މިއަދަދު ދަށްކޮށްފައެވެ.

Ad
rt

މި ބިންހެލުން އައި ސަރަހައްދުން ވަށައިގެން 1000 ކިލޯމީޓަށް ސަރަހައްދަށް ނުރައްކާތެރި ސުނާމީގެ ރާޅުތަކެއް އައިސްދާނެކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ އިންޒާރުދީފައެވެ. ސުނާމީގެ އިންޒާރު ދީފައިވަނީ މެކްސިކޯ، ގުއަޓަމާލާ، އެލް ސެލްވަޑޯ އަދި ހޮންޑުރަސް އަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ސެންޓްރަލް މެކްސިކޯއަށް އައި 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެގައުމުން 355 މީހަކު ވަނީ މަރުވެފައެވެ.

މިބިންހެލުމާއި އެކު އެގައުމުގެ ގިނަބަޔަކު ވަނީ އިމާރާތްތަކުން ނިކުމެފައެވެ. މިބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް އަދި ސާފުވެފައިނުވާއިރު މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތައްކުން ފެންނަ ގޮތުގައި މިބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވާނެކަމަށް ލަފާކުރެއެވެ.