އިރުކޭތަ ނަމާދު ކުރުން މާދަމާ ހެނދުނު 10:30 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންބުނެފިއެވެ.

އެ މިނިސްޓްރީއިން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ މިމަހުގެ 21 ވާ އާދިއްތަ ދުވަހު އިރުކޭތައެއް ހިފާނެކަމަށާއި މި އިރުކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން އާދިއްތަ ދުވަހުގެ ހެނދުނު 09:39 ގައި ކަމަށާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، އާދިއްތަ ދުވަހުގެ ހެނދުނު 10:51 ގައިކަމަށެވެ.

Ad
rt

އިރުކޭތަ ވީއްލާނީ މެންދުރު 12:14 ގައެވެ. މި ކޭތައަކީ ހަމަލޮލަށް ފެންނާނެ ކޭތައެކެވެ. ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ޝީޓު ފަދަ ހުރަހެއް ބޭނުންކޮށްގެންކަމަށް ކައުންސިލްގެ އިދާރާތަކަށް ފޮނުވި ސަރކިއުލަރ ގައި ބުނެފައިވެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2020 ޖޫން 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ކައުންސިލްތަކުގައި އެމިނިސްޓްރީއިން ވަނީ އެދިފައެވެ.

ފަލަކީ އިލުމުވެރިންގެ ބަހުންނަމަ، މާދަމާގެ ކޭތައަކީ އެނިއުލަރ އެކްލިޕްސް ނުވަތަ އަނގޮޓި ކޭތައެކެވެ.

ތިލަދުން | Thiladhun"ދަ ރިންގް އޮފް ފަޔަރ" 2020 ގެ ފުރަތަމަ އިރުކޭތަ، މިމަހުގެ 21 ގައި2020 ވަނަ އަހަރުގެ މިހާތަނަށް އައި އިރު، ދެ ހަނދުކޭތަ ހިފާފައިވާއިރު މި ހިނގާ މަހުގެ 21 ވާ އާދިއްތަ ދުވަހު، 2020 ވަނަ އަހަރުގެ ފުރަތަމަ އިރުކޭތަ ހިފާނެއެވެ. މި އިރުކޭތަ އެންމެ ރީތި...

ފަލަކީ އިލުމުވެރިން ވިދާޅުވާ ގޮތުގައި، މާދަމާ ހިފާ އިރުކޭތަ ފެންނާނީ ދެކުނު ޕެސިފިކްގެ ޖަޒީރާޤައުމުތަކަށާއި އިރުމަތީ އޭޝިޔާ އާއި ދެކުނު އޭޝިއާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ޤައުމުތަކަށެވެ. ޔޫރަޕާއި އެމެރިކާ ބައްރަށް މިކޭތައެއް ނުފެންނާނެއެވެ.