ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ މަޖިލީހީހުގެ އިދާރާ ބަންދުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، މަޖިލީހުގެ މެއިންޓަނެންސްގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.
މަޖިލީސް އިދާރާއިން ވަނީ މަޖިލީހުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕުގައި އެވާހަކަ ހިއްސާކޮށްފައެވެ. މިގޮތުން މަޖިލީހުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ވަނީ ކޮވިޑު-19 އަށް މުވައްޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ މުވައްޒަފު އެންމެ ފަހުން މަޖިލީހަށް އައިސްފައިވަނީ 15 ޖޫން ވީ ހޯމަ ދުވަހުގައި ކަމަށް ބުނެފައެވެ. އަދި 13 ޖޫން އިން ފެށިގެން 15 ޖޫން އާއި ހަމައަށް އެ މުވައްޒަފާއި މެދު ނުކެނޑި 15 މިނިޓަށްވުރެ ގިނަ ވަގުތު ފޭސް ޓު ފޭސް އަށް ބައްދަލުވި މުވައްޒަފުން އެޗްއާރު ހޮޓްލައިންއަށް ރިޕޯޓު ކުރުމަށްވަނީ އަންގާފައެވެ.
މީގެ އިތުރުން މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި މީޑިޔާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ މަޖިލިސް ބަންދުކޮށް އެޗްޕީއޭގެ ލަފާގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ.
ކޯވިޑް19ގެ ސަބަބުން މަޖިލިސްގެ މަސައްކަތްތައް އޮންލައިންކޮށްކުރަމުން އައުމަށްފަހު މިހާރު މަޖިލިސް ޖަލްސާތަކާ މަޖިލީހުގެ ކޮމިޓީތައްވެސް ކުރިއަށް ދަނީ މަޖިލީހުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!