ފުރަމާލޭގައި އިއުލާން ކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ދިން ލުއިތަކާއެކު އެންމެ ބޮޑު އިސްކަމެއް ދޭންވީ އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަބަންދާއި ގުޅިގެން ލުއިތަކެއް ދިންކަމުގައި ވިޔަސް ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ބޯލެނބުން މުހިންމުކަމަށެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމުކަމަމުގައި ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ބަލީގެ ރިސްކު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭއިރު އެފަދަ ފަރާތް ތަކުގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމުކަމަށާއި ހުރިހާ ފަރާތްތަކުންވެސް ސިއްހީ ބޭފުޅުން ދެއްވާ އިރުޝާދުތަކަށް ތަބާވެ އަމަކުރުމަށް އިލްތިމާސްކުރަށްވާ ކަމަށް ނާއިބު ރައީސް ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ފޭސް ދޭއެއްގެ ލުއިތަކަށް އަމަލުރަން މިއަދު ފަށާފައިވާއިރު ބަލި ފެތުރުން މަދުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާއްވާ ޕްރެސް ކޮންފަރެންސް ތަކުގައި އަންނަނީ އިލްތިމާސްކުރަމުންްނެވެ.
އެހެންކަމުން ގޭގައި އުޅޭ ވަގުތުތަކުގައިވެސް އުމުރުން ދުވަސްވީ މީހުންނަށް ބަލި ނުޖެހޭނެ ގޮތަށް ހުރިހާ ރައްޔިތުންގެ އަމަލްތައް ބެހެއްޓުމަށް އެޗްޕީއޭ އިންނާއި ޑޮކްޓަރުންވެސް އަންނަނީ ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!