ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، މިހާތަނަށް ޢަމަލުކުރަމުން އައި އުޞޫލަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުން ފެށިގެން ލުއިދޭން ނިންމާފައި ވާތީ، މާލެ ސިޓީގައި ޑެލިވަރީގެ ޚިދުމަތްތައް ދެވޭ ވަގުތަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން މާލޭގައި އިއުލާން ކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ލުއިތަކެއް ދޭން ނިންމުމާއި ގުޅިގެން، މާލެ ސަރަހައްދުގައި ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 9:00 ން ރޭގަނޑު 10:00 އަށް ކަމަށެވެ.
މީގެ އިތުރުން މި ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 9:00 ން ރޭގަނޑު 9:00 ށް ކަމަށް އެ ޢިއުލާނުގައި ބުނެފައި ވެއެވެ.
ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ ފަރާތްތަކާއި، ޑެލިވަރީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުންވެސް، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުރިހާ ވިޔަފާރީގެ ހިދުމަތް ދޭ ކުންފުނި ތަކާއި ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
މީގެ ކުރިން މާލެ ސިޓީގައި ޑެލިވަރީ ކުރުމަށް ހުއްދަ ދެމުން އައީ ހެނދުނު 09:00 އިން ރޭގަނޑު 11:00 އާއި ދެމެދުގެ ވަގުތުތަކުގައެވެ.
މިއަދުން ފެށިގެން މާލެ ސިޓީގެ ފުރަބަންދަށް ލުއިތަކެއްދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަދު ދޭން ފަށާފައި މިވަނީ ކޯވިޑް-19 ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ 2 ވަނަ ފިޔަވަހީގެ ލުއި ތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!