ސްޓޭޓް ޑްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ)އަށް ބޭނުންވާ ޕީޕީއީ އާއި އެހެނިހެން ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޕީޕީއީ ކިޓުތަކާއި، މާސްކާއި، އެހެނިހެން ސާމާނު އެންއީއޯސީއަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
އެގޮތުން ހަދިޔާކުރި ސިއްހީ ސާމާނުގެ ތެރޭގައި 4800 މާސްކާއި، ޕީޕީއީ ކިޓުތަކުގެ އިތުރުން، އިންފްރާރެޑް ތަމޯމީޓާ ގަންއާއި، ގޮގްލްއާއި، ސާޖިކަލް އަންގި އަދި ސެނިޓައިޒާ ފުޅި ހިމެނެއެވެ.
STO donates PPE kits, masks and other medical supplies needed to combat the spread of covid-19 to National Emergency Operations Center (NEOC). A heartfelt thank you to our contractor, The 23rd MCC of Minmetals for donating these crucial items to STO. #HappeningNow @NDMAmv pic.twitter.com/QcYbgSB1ds
— STO (@stoplc) June 13, 2020
އެސާމާނުތަކަކީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފްލެޓްތައް އިމާރާތް ކޮށްދޭ ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ދަ 23 އެމްސީސީ އޮފް މިންމެޓަލްސް" ގެ ފަރާތުން އެސްޓީއޯއަށް ހަދިޔާކޮށްފައިވާ ސާމާނެވެ. އެސްޓީއޯއިން ވަނީ އެކަމަށްޓަކައި އެމްސީސީއަށް ޝުކުރު އަދާކޮށްފައެވެ.
އެންއީއޯސީގެ ފަރާތުން އެ ސާމާނުތަކާ ހަވާލުވެވަޑައިގަތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ސީއީއޯ ހިސާން ހަސަން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!