މިދިޔަ ބުދަ ދުވަހު ރޭ އިވިގެން ދިޔައީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރި ހަބަރެއެވެ.

ސާފުވީ އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއްކަމެވެ. އެކަން އެހެން އޮތް އިރު މިހާރު ސޯސަލްމީޑިޔާގައި ދަނީ ތަފާތު ކަމެއް ފެންނަމުންނެއެވެ. ރޭޕް މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢުގެ އަބުރު ކަތިލަމުން ދާ މަންޒަރެއެވެ. މިއީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް ބަޔަކު ކުރަމުންދާ ފިނޑި އަމަލެކެވެ.

Ad
rt

އެގޮތުން ދައުރު ވަމުން އަންނަ ޕޯސްޓްގައި ވަނީ ރޭޕްގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިވަންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާޢުގެ ކޮއްކޮކަމަށާއި އެމައްސަލަ އަށް މެމްބަރު ސިފާއު ނުފޫޒް ފޯރުވަމުންދާކަމަށް ބުނެ އެވެ.

ދައުރުވަމުންދާ ޕޯސްޓާއި ގުޅިގެން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މެމްބަރ ސިފާއު ވިދާޅުވީ މައްސަލާގައި ތުހުމަތު ކުރެވޭމީހަކީ ދަންނަ އަދި އާއިލާއާއި އެއްވެސް ގުޅުމެއްވާ މީހެއްނޫން ކަމަށެވެ.

‏އެއީ ސިޔާސީ ގޮތުން ބަޔަކު ރާއްވާގެން އަޅުގަނޑު މިގައުމުގެ އިންސާފުގާއިމު ކުރުމަށާއި އިސްލާހަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމުގެ މަގުސަދުގައި ކޮށްފައިވާކަމެއް، އަޅުގަނޑުގެ އަބުރު ކަތިލުމުގެ ފިޑި އަމަލެއް، އަދި ދިވެހިރާއްޖޭގެ އިސްލާހަށާއި އިންސާފުގާއިމުކުރުމަށް ވަކާލާތުކުރުން އަޅުގަނޑު ދުވަހަކުވެސް ހުއްޓައެއް ނުލާނަން

އެފަދަ ފިޑި އަމަލުތަކުގެ ސަބަބުން ފަހަތަކަށް ނުޖެއްސޭނެކަން ފާހަގަ ކުރަމުން ސިފާއު ވިދާޅުވިއެވެ.

ރޭޕް މައްސަލަގައި މެމްބަރ އާއި ގުޅުވައިގެން ދައުރުވާ ޕޯސްޓާއި މެދު އިހަވަންދޫގެ އެމްޑީޕީ މެމްބަރުންނާއި ދާއިރާގެ ގިނަ ރައްޔިތުން ދަނީ ނުރުހުންފާޅުކުރަމުންނެއެވެ.
އިހަވަންދޫ ކައުންސިލް ގެ ރައީސް މުހައްމަދު ރަސީދުވަނީ މީސް މީޑިޔާގައި ދައުރުވަމުން އަންނަ ދޮގު ތުހުމަތާއި ގުޅިގެން ހިޔާލު ފާޅުކުރައްވާފައެވެ. އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނެފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު ސިފާއު ގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މީސް މީޑިޔާގައި މި ފަތުރަމުންދާ ބުހުތާނު ދޮގު ވަގުތުން ހުއްޓުވުމަށް ކަމާ ބެހޭ މުއައްސަތަކަށް ގޮވާލާ ކަމަށާއި ސިޔާސީ މަގުސަދު ހާސިލުކުރަން ވާނީ މީހުންގެ ޒާތީ ކަންކަމާއި ބެހި، އަބުރު ކަތިލައިގެއްނެއް ނޫން ކަމަށް އޭނާ ދެއްވި ރައްދުގައި ބުނެފައިވެ އެވެ.

އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރުގެ އިސްތަށިފުޅުގަ ކަނޑައެޅިގެން ދޮގު އިލްޒާމް އަޅުވައި އަބުރު ކަތިލުމަކީ މުޅި މި ދާއިރާގެ ރައްޔިތުންގެ ކަރާމާތަށް އަރައިގަތުން. މި ނާތަހުޒީބު ވިޔާނުދާ ފިނޑި ޢަމަލު ހަރު އަޑުން ކުށްވެރިކުރަން.

ޖޭއެސްސީގެ މެންބަރ އަބްދުލް މާނިޢު ހުސައިން ބުނެފައިވެއެވެ.

މީގެ އިތުރުން ޤާނޫނީ ވަކީލު އަދ ިކުރީގެ ރިނބުދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު އަޙްމަދު ބުނެފައިވަނީ އެނގިފައި ވާ ގޮތުން ނަމަ، މިއީ މެންބަރ ޝިފާއުގެ އާއިލާއާ ގުޅުމެއް ހުރި ކަމެއް ނޫންކަމަށާއި ހައްޔަރު ކުރެވިފައި ވާ މީހަކީ ވެސް އޭނާގެ އާއިލާ މީހެއް ނޫންކަމަށެވެ.

ސިޔާސީ ގޮތުންނާއި އެ ނޫން ގޮތަކުން ވެސް ހިޔާލު ތަފާތު ވުމުން، ދޮގު އިލްޒާމު އެޅުވުމަކީ ވަރަށް ހުތުރު ކަމެއް.

ޢަލީ ރަޝީދު އަޙްމަދު ބުނެފައިވެއެވެ.

މި ކަމާއި ގުޅިގެން އެކަން ކުރަމުންދަނީ ކޮންބައެއްތޯ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަކަށް މައުލޫމާތު ލިބިފައިވެއެވެ.

ރޭޕް މައްސަލަގައި 38 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. ފުލުހުން ބުނީ އަނިޔާ ލިބުނު ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިމައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިމީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެއެވެ.