ދެމެހެއްޓެނިވި ލާމަރުކަޒީ ނިޒާމާއި ގުޅޭ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަދައްވަމުން ރާއްޖެއިން ޑީސެންޓަލައިޒްގެ ކުލަތައް އޭގެ އެންމެ އެދެވޭ ގޮތެއްގައި ފެނިގެން ނުދާކަމަށާއި، މާލެއަށް ދަގައްފާނުތަކެއް އަޅާއިރު، އަތޮޅުތެރެއަށް އަޅަނީ ދަގަނޑު ކަމަށް އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް ވިދާޅުވެއްޖެއެވެ.

“އަލިރަންމުތް” ފޭސްބުކް ޕޭޖުން ގެނެސްދިން މިޑިސްކަޝަންގައި މަރްޒޫގް އިތުރަށް ވިދާޅުވީ އިންތިހާބުތަކާއި ދިމާކޮށް ޑީސެންޓްރަލައިޒްގެ ވާހަކަ ތަކަކީ އެންމެ ކުރިއަރައިގެން ބާރަށް ދެކެވޭ ވާހަކަ ތަކެއް ކަމަށެވެ. އަދި މިފަހުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދެމެހެއްޓެނިވި ލާމަރުކަޒީ ނިޒާމާއި ގުޅޭ ގޮތުން އެންމެ ގަދަޔަށް ވާހަކަ ދެކެވި މުޖުތަމައުގެ ތެރޭގައި މި މައްސަލަ ތިލަ ވެގެންދިޔުމުގެ މައިގަނޑު ސަބަބައް ކަމަށް ވެގެން ދިޔައީ ގުޅީ ފަޅުގެ ޕްރޮޖެކްޓް ކަމަށެވެ.

Ad
rt

އަދި ހަގީގަތަށް ވާހަތައް ދައްކާއިރު ތިލަ ކޮށް ވާހަކަ ދައްކަންޖެހޭ ކަމަށާއި، ގުޅީ ފަޅުގެ ވާހަކަ ދައްކާއިރު އަސްލު ހަގީގަތް އޮޅުވާލުގެ ނިޔަތުގައި ބަޔަކު އެކަމާއި ގުޅިގެން ތިމާވެށީގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކަނީ، ޖޯޖް ފްލޮއިޑް މަރުވެގެން އެކަމާއި ހެދި ބަޔަކު މީހަކު ނުކުމެ ކައުންޓަރފިޑް ނޫޓުގެ ވާހަކަ ދައްކާހެން ކަމަށްވެސް މަރްޒޫގް ވިދާޅުވިއެވެ.

މީގެ އިތުރުން ތިމާވެށީގެ މައްސަލަތަކަކީ ބޮޑު މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ގުޅީ ފަޅޭ ބުނާއިރަށް ތިމާވެށީގެ މައްސަލަ ގެންނަ ގެނައުން އެއީ ގަބޫލްކުރެވޭ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މައްސަލައަކީ ސެންޓްރަލައިޒް ޕޮލިސީ ކަމަށާއި، މާލެއަށް ދިމާވެފައިވާ ތޮއްޖެހުން ހައްލު ކުރުމަށް މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ސަރުކާރަކުން އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާކަން މަރްޒޫގް ވަނީ ފާހަގަކޮށްފައެވެ.

އަދި ހަގީގީ މައްސަލައަކީ ގާނޫނުތަކުގެ ބަދަލުގައި ޕޮލިޓިކަލް ވިލްކަމަށާއި، ޕޮލިޓިކަލް ވިލް ބަދަލްކޮށްގެން މެނުވީ ތޮއްޖެމަށް ބަދަލެއް ނާންނާނެ ކަމަށް މަރްޒޫގް ވިދާޅުވިއެވެ.