ކޯވިޑް-19 ގެ ފުރަބަންދުގެ ހާލަތުގެ ސަބަބުން މެދު ކަނޑާލި ޤައުމީ އެއަރލައިން، މޯލްޑިވިއަން ކޯލް ސެންޓަރުގެ ހިދުމަތް އަލުން ފަށައިފިއެވެ.

އެކުންފުނިން މިއަދު މިއަދު ކުރި ޓުވީޓެއްގައި ވަނީ އެކުންފުނީގެ ކޯލްސެންޓަރު މިހާރު ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

Ad
rt

ކޯވިޑް-19 ގެ ސަބަބުން މުޅިރާއްޖޭ ފުރަބަންދު ކުރުމުން މޯލްޑިވިއަން ކުރަމުންއައި ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ޝެޑިއުލް ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. ނަމަވެސް އެއަރލައިނުން އައީ ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީތަކެތި ފޯރުކޮށް ދިނުމަށް ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓުތަކަށް ކާގޯ ހިފައިގެން ދަތުރުތައް ބާއްވަމުންނެވެ.

މީގެއިތުރުން އެއަރލައިނުންވަނީ ބޭރުޤައުމުތަކުގައި ތިބި ދިވެހިން ޤައުމަށް ގެނައުމަށްވެސް ދަތުރުކޮށްފައެވެ. އަދި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ކާގޯވެސް ވަނީ އެއަރލައިންގެ ފްލައިޓްތަކުގައި ގެނެސްފައެވެ.

ކޯވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން އަންނަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ލުއިދެމުންނެވެ. މިގޮތުން މިހަފުތާގައިވަނީ ބޮޑެތި ލުއިތަކެއްދީ އަންނަ ހޯމައިން ފެށިގެން ވައިގެ ޑޮމެސްޓިކް ދަތުރުތަކަށްވެސް ހުއްދަ ދީފައެވެ.