ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ހަވީރު

police

 

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ބުނީ މި މަހުގެ 15ވަނަ ދުވަހު ހުއްދަ ނެތި ބޭރަށް ނިކުމެ އުޅެވޭނީ ހެނދުނު 5:00 އިން ރޭގަނޑު 10:00 އަށް ކަމަށެވެ.

އަދި ކަސްރަތު ކުރުމަށް ހުއްދަ ދެވޭނީ ހެނދުނު 6:00 އިން 9:00އާ ހަމައަށް ކަމަށެވެ. މީގެއިތުރުން ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ބޮޑު މީހަކާއި އެކުގައި ހަވީރު 16:00 އިން ފެށިގެން 18:00އާ ހަމައަށް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވާލާނެ އެވެ. އޭގެއިތުރުން ފިހާރަތަކާއި އޮފީސްތައް ވެސް ހުޅުވޭނެ އެވެ. ފިހާރަތައް ހުޅުވޭނީ ހެނދުނު 9 ން ރޭގަނޑު 9އަކަށެެވެ. ނަމަވެސް ކެފޭ/ރެސްޓޯރެންޓްތަކަށް އަދިވެސް ދެވޭނީ ޑެލިވަރީ އަދި ޓޭކްއެވޭ ހިދުމަތް އެކަންޏެވެ. އެ ހިދުމަތް ދެވޭނީ ރޭގަނޑު 11 ޖެހުމާ ހަމައަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހޭނެ އެވެ.

އެޗްޕީއޭ އިން ބުނީ ހުއްދަ ނެތި ބޭރުގައި އުޅުމުގެ ހުއްދަ ދިން ނަމަވެސް ގިނަވެގެން އެއް އުޅެވޭނީ ތިން މީހުންނަށް ކަމަށެވެ. އެއަށްވުރެ ގިނައިން އެއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން ހުރިހާ ރީޓެއިލް ފިހާރަތަކެއް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށެވެ. ނަމަވެސް އެ ހުއްދަ ދެވޭނީ އިކޮނޮމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ދިނުމަށްފަހު ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަމަވެސް ކެފޭ ރެސްޓޯރަންޓުތަކުން ދޭނީ ޓޭކް އަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތްތައް އެކަންޏެވެ.

ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 21:00 އަށެވެ. އެހެންނަމަވެސް ރޭގަނޑު 23:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ނުވަތަ ޓޭކްއަވޭގެ ހިދުމަތް ލިބޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މި ހާލަތުގައި ދީފައިވާ ލުއިތައް

  • ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ދޫކުރެވޭ ހުއްދަތައް އިތުރުކުރުން
  • އުމުރުން 60 އަހަރުން މަތީގެ މީހުން ހުއްދަ ލިބިގެން ގެއިން ބޭރަށް ނިކުތުން
  • މީހުން އެއްތަނުން އަނެއް ތަނަށް ދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
  • މާލެއާއި ތިލަފުއްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން
  • ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒިފުން އެ މަސައްކަތް ކުރުމަށް ދިއުމުގެ ހުއްދަ ދިނުން
  • ހުއްދަ ލިބިގެން ފިހާރަތަކާއި އޮފީސްތައް ހުޅުވުން
  • ހުއްދަ ލިބިގެން ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރުން
  • ބޭންކްގެ ހިދުމަތް އިތުރުކުރުން
  • ސިއްހީ ހިދުމަތާއި އާންމު ހިދުމަތްތައް އިތުުރުކުރުން

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ ދުވަހުން ފެށިގެން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނެވެ.

ލޮކްޑައުންއަށް ލުއި ދީފައި ވަނީ ބަލި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ލަފާކުރެވުނު މުއްދަތު ފަހަނައަޅާގޮސް، ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއި ގުޅިގެންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *