ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި އެމްޓީސީސީން ކުރަމުންއަންނަ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ 30 އެނދުގެ ވާރޑް އިމާރާތެއް އެޅުމާއި (ދެ ބުރިއަށް)، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިޔަށް ދާކަމަށެވެ.

Ad
rt

ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށްޓަކައި އެމްޓީޓީސީއާއ ިހަވާލުކޮށްފައިވަނީ 30,317,922.24 (ތިރީސް މިލިއަން ތިން ލައްކަ ސަތާރަ ހަސް ނުވަ ސަތޭކަ ބާވީސް ރުފިޔާ ސައުވީސް ލާރި) އަށް 6 މަސް ދުވަހުން ނިންމާ ގޮތަށެވެ.

"ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ. މި ދަނޑިވަޅަށް ވަރަށް މުހިއްމު އޮތް މަސައްކަތެއް މީ. 100 އެނދުގެ އާ ޓާޝިއަރީ ހޮސްޕިޓަލު ޕްރޮޖެކްޓް ކުރިއަށް އޮތުމާއެކު ވެސް، މި ވަގުތު ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ޒަމާނާ ގުޅޭ ބައެއް ކަހަލަ ބަދަލުތައް ގެނެސް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ހިތްހަމަޖެހުން އިތުރުވެގެން ދާނެ ފަދަ ޕްރޮޖެކްޓެއް މީ. މިފަދަ ޚައްސާސީ ވަގުތެއްގައި ވެސް މި ޕްރޮޖެކްޓް ފެށިގެން ދިއުމަކީ ނުހަނު އުފާ ކުރާ ކަމެއް"

މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފައިވެއެވެ.

ހޮސްޕިޓަލުގައި އާ ވާރޑް އިމާރާތެއް އެޅުމަށް އެމްޓީޓީސީއާ ހަވާލުކުރުމުގެ ޕްރޮޖެކްޓްގައި ސޮއި ކުރެވުނީ 14 ނޮވެންބަރު 2019 ގައެވެ. މި ޕްރޮޖެކްޓް ފެށިފައިވަނީ 17 މޭ 2020