ހދ. ވައިކަރަދޫއަކީ ގުދުރަތީ ގޮތުން ބޮޑު ރީތި ހިތްގައިމު ރަށެކެވެ. ރީތިކަނޑޫފަލެއްވެސް އޮންނަ މިރަށުގެ ރީތިކަން މިފަހަރު އާންމުންނަށް ފެނިގެން މިދިޔައީ އެރަށުގެ ޒުވާނެއްކަމަށްވާ ނާއިފާ މީސްމީޑީޔާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ.
ނާއިފާ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އެ ރަށުގެ އަންހެން ކަބަލުންގެ މުރާލިކަމާއި މަސައްކަތް ތެރިކަން ފެނިގެންދެއެވެ. އެގޮތުން ރޯނުވެށުމަށް ތައްޔާރު ވުމަށްޓަކައި ބޮނބި ފާކުރުމަށް ބަހައްޓާ މަންޒަރު ފެންނަ ފޮޓޯއަކީ ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ރޯނު، ރޯނަށް ވުމުގެ ކުރީން އެތައް މަރުހަލާ ތަކެއް ކަޑައްތުކުރަން ޖެހުނު ނަމަވެސް މި މަސައްކަތަކީ ފައިދާހުރި މަންފާލިބޭ ހުނަރުވެރި މަސައްކަތެކެވެ. ވައިކަރަދޫ ކަނބަލުން ނަކީ ފަންގެ ވިނުމާއި ރޯނުވެށައިގެން ޒަމާނުން ސުރެއް ނަފާ ހޯދަމުން އަންނަ ބަޔެކެވެ.

މީގެ އިތުރުންވެސް އެ ރަށުގެ އަންހެން ކަނބަލެއް ފަންގިވިންނަން އިންނަ މަންޒަރުވެސް ނާއިފާ ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަން ހުއްޓެވެ. ފަންގިވުނުމަކީ ޒަމާނުއްސުރެން ދިވެހިން ކުރަމުން އަންނަ ގަދީމީ މަސައްކަތެކެވެ. ތިން އިލީގައި ތިން ފަށް ރޯނު ގުޅައިގެން ވަކި ދުރުމިނެއްގައި ބަހައްޓައިގެން ފަންވަތްތަކެއް ވަކި ގޮތަަކަށް އަމުނައިގެން ކުރާ މި މަސައްކަތަކީ އިހު ޒަމާނުގައި ގެދޮރު އެޅުމުގައި ވަރަށްވެސް ބޮޑު ދައުރެއް އަދާކުރި އެއްޗެކެވެ.

ރާއްޖޭގެ ވަރަށް މަދު ރަށަކުން މިހާރު ފެންނަމުންދާ މި މަންޒަރު ނާއިފާގެ ފޮޓޯތަކުން ފެންނަން ހުރުމުން ވައިކަރަދޫ ރައްޔިޔުންނަކީ އަދިވެސް ކާބަފައިން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތައް ކުރަމުން އަންނަ ބައެއް ކަން ހާމަވެގެން ދެއެވެ.

މިފޯޓަށް މީސްމީޑީޔާއަށް ވައިރަލްވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިފޮޓޯތައް ނަގާފައިވަނީ ނާއިފާގެ ފިރިމީހާއެވެ. ހދ. ހަނިމާދޫއަށް ނިސްބަތްވާ އަބުދުﷲ ހަސަން (އަބޯ) ދަރިފުޅާއިއެކު 2019 ވަނަ އަހަރު ވައިކަރަދޫ އަށް ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯތަކެއްކަމަށް އެފަރާތުން ބުނެފައިވެއެވެ.

މިއީ ވަރަށް ގަޔާވާ ފޮޓޯތަކެއް، މިމަންޒަރުތަށް ފެނުމުން ހަނދާންވީ ކުޑައިރުގެ މަތިން، އެންމެ އުފާވީ ދަރިފުޅަށް، މި ހިތްގައިމު މަންޒަރު ފެނުމުން، ފޮޓޯތަކުން އެފެންނަނީ ރަށްފުށުގެ ސާދާ ދިރިއުޅުން
ތޮއްޖެހިފައިވާ މާލޭގައި އުޅުމަށްފަހު ވައިކަރަދޫއަށް ކުރި ފުރަތަމަ ދަތުރުގެ ހަނދާންތައް ހިއްސާ ކުރަމުން އަބޯ ބުނެފައިވެއެވެ.

މީގެ އިތުރުށްވެސް ނާއިފާގެ ފޮޓޯތަކުން ފެންނަ އެހެން ފޮތޯތަކުންވެސް އެ ރަށުގެ ރީތި ކަމާއި ކުޑަކުދިންގެ އުފާވެރިކަމާއި ހިތްހަމަ ޖެހުން ފެނިގެންދެއެވެ. އެ ގޮތުންވެސް އެންމެ ހިތްގައިމު ފޮޓޯއެއް ގޮތުގައި ހޮވާލެވެނީ ކުދިންތަކެއް މަސް ހިފަން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެވެ. އާންމު ގޮތެއްގައި އެކުގައި އުޅޭ ކުދިންނާއި އެކު ކުދިން ހިފައި އުޅޭނީ ފުންނަ، ކޮލި، ރާބުޅާ ފަދަ މަސްތަކެވެ.

ތާރީޚުން އެނގޭގޮތުގައި މިރަށުގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެމުންދަނިކޮށް، މަޝްހޫރު ކޭލަކުނު ތަޅާލި ވިއްސާރައިގައި މިރަށް ވަނީ ފަޅުވެފައިއެވެ. އެއަށްފަހު އަލުން މީހުން އާބާދުވާން ފަށާފައިވަނީ، ތުއްކޮއިބެ ކިޔާ މީހަކު ރަށަށް އައިސް ދިރިއުޅެން ފެށިފަހުންނެވެ. ރަށުގެ އާސާރީ ތަންތަނުގެ ތެރޭގައި، ޖާޑި ވަޅުލިތަން، ބޮއިގަސް، ގުންބަރު ބޮޑުގައު ހިމެނެއެވެ.

މީގެ އިތުރުން ނާއިފާގެ މި ފޮޓޯ ތަކުން ވައިކަރަދޫގެ ހީވާގި ދަނޑުވެރިން ކުރަމުން އަންނަ ބުރަމަސައްކަތް ފެނިފައިވެއެވެ. އެގޮތުން ވައިކަރަދޫގެ އޮޅު ތަކާއި ކަނޑޫފާގެ އިތުރުން ފަތްކެތޮ ދަނޑުތައް ފެނިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!