ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ފުރަބަންދު އުވާލި ނަމަވެސް، ރާއްޖެ އިތުރު ލިކްޑައުންކަށް ދިޔުމުގެ ފުރުސަތު އޮތުމާއި އެކު ރައްޔިތުން އެކަމަށްތައްޔާރުވެ ތިބުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޒުވާނުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އުންމީދަކީ ގައުމުގެ އިޤްތިސާދީ ހާލަތު ރަނގަޅުވެ، މި ހާރު އިއުލާންކޮށްފައިވާ ފުރަބަންދު އުވާލުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މައި ތަބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތައް އައިސްފައިވާ ލޮޅުން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ރިޕޯޓްތަކަށް ބަލާއިރު އަންނަ އަހަރު ރާއްޖެ އައުމަށް އެތައް ބަޔަކު ބުކިން ހައްދާފައިވާ ކަމަށާއި ނަމަވެސް، މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް މާބޮޑު ޑިމާންޑެއް އޮތްތަން ނުދައްކާކަމަށެވެ.
އެހެންކަމުން، ރާއްޖެގެ ފަތުރުވެރިކަން ޖުލައި މަހު ހުޅުވާލުން އެއީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޯވިޑް-19 ހާލަތަކީ ބަދަލުވަމުންދާ ހާލަތެއްކަމުން އާ ނޯމަލް އާއި އެކު ގައުމު ހުޅުވާލުން މުހިންމުކަމަށާއި އަދި ،ކޯވިޑް-19 އަށް ބޭހެއް ލިބި އެ ބަލިމަޑުކަމުން އަރައިގަތުމަށް އަވަސްވެގަތުމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!