ައުތުރުގެ ރަށެއްގައި ދަރިވަރުންތަކަކާއި އެކު އެއްޖިންސުން ގުޅުންހިންގަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ޤުރުއާން ކުލާހެއް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދަރިވަރުންނަށް (18 އަހަރައު ނުފުރޭ ފިރިހެން ކުދިން ތަކަކަށް) ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
ކުޑަކުދިއްނާއި ގުޅުންހުރި މައްސަލަ ތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ. މި ކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެކަން ހިނގި އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ
މި މައްސަލާގައި ޖިންސީ ގޯނާ ކޮށްފައި ވަނީ ކިތައް ދަރިވަރުންނަށް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ޖިންސީ ގޯނާ ކޮށްފައި ވާ ކުދިންނަނަކީ 18 އަހަރުން ދަށުގެ ފިރިހެން ކުދިން ކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!