އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްއިން ޚިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް، އެތަނަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު އެސްޓީއޯއިން ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާ ހައުސްއިން ޚިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިހާރު އެތަނަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްއަށް ޚިދުމަތް ހޯދަން ދިޔުމަށް އެކުންފުނިން ކަނޑައަޅާފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަކަށެވެ.

އެންމެންގެ ރައްކާތެރި ކަމަށްޓަކައި އެތަނަށް ޚިދުމަތް ހޯދަން ދާއިރު މާސްކު އަޅައިގެން ދިޔުމަށް އެސްޓީއޯއިން އެދެއެވެ. އަދި ޚިދުމަތް ހޯދުމަށް ވެއާހައުސް ތެރެއަށް ވަދެވޭނީ ފަހަރަކު ކަސްޓަމަރަކަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސް ހުންނަނީ އަމީނީ މަގުގައި، ޓްރެފިކް ޕޮލިހާއި ޖެހިގެންނެވެ.

ޑެލިވަރީ ޚިދުމަތަށް އެސްޓީއޯގެ 7478585 ނަމްބަރަށް ގުޅާލުމުން ޚިދުމަތް ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. މި ޚިދުމަތަށް އެދުމަށް ގުޅުއްވަން ހަމަޖައްސާފައިވާ ވަގުތަކީވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަކަށެވެ.

އެސްޓީއޯއިން އަންނަނީ ފުރަބަންދުގެ ސަބަބުން ވަގުތީ ގޮތުން ބަންދު ކުރަން ޖެހުނު އެކުންފުނީގެ ޚިދުމަތްދޭ ތަންތަން އާންމުންނަށް ހުޅުވާލަމުންނެވެ. މިގޮތުން ހުސްވި މޭ މަހުގެ 31 ވަނަ ދުވަހު ވަނީ އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރުވެސް އާންމުކޮށް ހުޅުވާލާފައެވެ.