އައްޑޫ ސިޓީއިން ބިދޭސީއަކު ހޮވި އެއް ލައްކަ ރުފިޔާ، އެސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ ބީދޭސީ މީހާ އެ ފައިސާތައް ހޮވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ މަގެއްގެ މަތިންކަމަށެވެ. އަދި އެފައިސާތައް އެ މީހާ ހޮވާފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad
rt

ފުލުހުން އެ ފައިސާތަކުގެ ވެރިޔަކު ހޯދަން މަސައްކަތް ކޮށް، ހޮނިހިރު ދުވަހުގެ މެންދުރު 1:35 ހާއިރު އެ ފައިސާ، އޭގެ ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.