އުތުރުގެ ރަށެއްގައި ދަރިވަރުންތަކަކާއި އެކު އެއްޖިންސުން ގުޅުންހިންގަން އުޅުނު މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ޤުރުއާން ކުލާހެއް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދަރިވަރުންނަށް (18 އަހަރައު ނުފުރޭ ފިރިހެން ކުދިން ތަކަކަށް) ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ޖިންސީ ގޯނާ ކޮށްފައި ވަނީ ކިތައް ދަރިވަރުންނަށް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކުޑަކުދިއްނާއި ގުޅުންހުރި މައްސަލަ ތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ. މި ކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެކަން ހިނގި އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.