މިލަންދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ޓާރފް ދަނޑުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކަކާއިއެކު މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ ރިޟާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ތަރައްޤީގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލުތަކުގެ ދައުރު ކުޑަ ނޫން ކަމުގައެވެ.

މިކަމާއި ގުޅޭ ގޮތުން ތިލަދުންއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޢަލީ ރިޟާ ވިދާޅުވީ މިލަންދޫގައި މިހާރު އަމަލީ މަސައްކަތް ފެށިގައިވާ ޓާރފު ދަނޑުގެ މަސައްކަތް ކުރިއަށް ނުގޮސް ވާނުވާގައި ވާ ސަބަބަކީ އެތަނަށް އެޅުމަށް ބޭނުންވާ ވެލި ނުލިބި ލަސްވަމުން ދާތީކަމުގައެވެ. އަދި އެހެންވުމުގެ ސަބަބުން އެމަސައްކަތް ކުރިއަށް ގެންދާ ފަރާތުން އެކަން ދޫކޮށްލާ ހިސާބަށް ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.

Ad
rt

އެހެންކަމުން ޔޫތް މިނިސްޓަރާއި، ޑެޕިއުޓީ މިނިސްޓަރާއި ޕްރޮޖެކްޓް މެނޭޖަރ ޢަލީ ރިޟާއަށް ވަރަށް ގިނައިން ގުޅުއްވާއި އެކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ދެންނެވިއެވެ.

އެބޭފުޅާ ދެންނެވީ ވެލި ނުލިބި ލަސްވަމުން ދަނީ ވެލި ލިބޭނެ އިންތިޒާމެއް ކައުންސިލުން ހަމަޖައްސައިދީފައި ނުވާތީކަމަށެވެ. އަދި މިކަމުގައި މިލަންދޫ ކައުންސިލުގެ ރައީސަށް އެތަށް ފަހަރެއްގެ މަތިން ދަންނަވާފައިވާ ކަމަށާއި ނަމަވެސް އަދި އެކަން ކުރެވޭނެ ގޮތް ނުވާކަމަށް އެބޭފުޅާ ދެންނެވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މިލަންދޫ ޓާރފް ދަނޑަކީ މިލަންދޫ ވަރަށް ގިނަ ޒުވާނުންގެ ފޮނި އުންމީދެއް ކަމަށާއި އެކަން ކުރިއަށް ނުގޮސް ލަސްވުމަކީ ނުހަނު ބޮޑަށް ކަންބޮޑު ވާކަމެއްކަމުގައެވެ. އަދި މިލަންދޫގައި ކުރިއަށް ގެންދެވޭ ތަރައްޤީގެ ކޮންމެ ޕްރޮޖެކްޓަކީވެސް ޒުވާނުންނާއި ރައްޔިތުން ވަރަށް ބޭނުންވާ ކަންކަމަށް ވީ ހިނދު އެކަންކަމުގައި ކައުންސިލުގެ ދައުރުގެ އަދާކުރުމުގައި ލަސްވަމުން ދާކަމަށެވެ.