މިލަންދޫ ކައުންސިލްގެ ކައުންސިލް މެމްބަރ ޢަބްދުﷲ އާތިފް (ބޮޑޭ) މިލަންދޫގެ އެންމެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފިއެވެ.

ޢަބްދުﷲ އާތިފް (ބޮޑޭ)ގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ނިމިގެންދިޔަ ދަޢުރުގައި އޭނާއަށް ވޯޓް ދެއްވައި، ވޯޓް ހޯއްދަވައިދެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާއި، ވޭތުވެގެން ދިޔަ ދުވަސްތަކުގައިވެސް މަސައްކަތް ކުރައްވާފައިވާނީ ލާމަރުކަޒީ ޤާނޫނުން މަތިކުރާ ކަންތައްތައް ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމުގައެވެ.

Ad
rt

އަދި ކުރިއަށް އޮތް ދައުރުގައިވެސް، ރައްޔިތުން ހޮއްވަވައި ދެއްވައިފިނަމަ އެގޮތުގައި ދެމިހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ. އާތިފް ވަނީ ކުރިއަށް އޮތް ލޯކައުންސިލް އިންތިޚާބުގައި މިލަންދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތި ލައްވާފައެވެ. ނަމަވެސް ކޮރޯނާ ވަރައިހުގެ ސަބަބުން މިއިންތިޚާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކުރެވި، މިހާރު ތިބި ކައުންސިލަރުންގެ ދަޢުރެވެސް މުއްދަތެއް ނެތް ގޮތަށް ދިގު ކޮށްފައެވެ.

އާތިފަކީ ލޯކައުންސިލް ޤާނޫންގެ ދަށުން އެންމެ ފުރަތަމަ ބޭއްވުނު އިންތިޚާބުން ފެށިގެންވެސް ކައުންސިލަރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާ ފުރަތަމަ ދެދަޢުރު އިންތިޚާބު ކުރެވިފައިވަނީ އަތޮޅު ކައުންސިލުގެ މިލަންދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރެއްގެ ގޮތުގައެވެ.