މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގައި ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގައިފިކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ދާއޫދު "ތިލަދުން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ މިހާތަނަށް އެހޮސްޕިޓަލުން ނެނި އެންމެ ބޮޑު ސިސްޓުކަމަށެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އެހޮސްޕިޓަލުގެ ގައިނީ ޑޮކްޓަރުން ހިމެނޭހެން ޖުމްލަ 8 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. 2 ގަޑި އިރުގެ މި އޮޕަރޭޝަންގައި 2 އޯވޭރިއަން ސިސްޓެއް ނަގާފައިވާ ކަމަށް ދާއޫދު ވަނީ މައުލޫމާތު ދީފައެވެ.

Ad
rt

މިއީ މިހާތަނަށް ނެގުނު އެންމެ ބޮޑު ސިސްޓު، 11/10 ސެންޓި މީޓަރ ދެވަނަ ސިސްޓުގައި ހުރީ 2/2 ސެންޓި މީޓަރ، މީގެ ކުރިން ވެސް މިހޮސްޕިޓަލުން ދެފަހަރެއްގެ މަތިން ވަނީ ސިސްޓު ނަގާފައި، ނަމަވެސް މިއީ ފަޅައިގެން ނުގޮސް ނެގުނު ފުރަތަމަ ފަހަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ދާއޫދު ބުންޏެވެ.

ދާއުދު އިތުރަށް ބުނީ އެ އޮޕަރާޝަން ކުރެވުނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއްގެ ކަމަށެވެ. އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މާދަމާގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލެވޭވަރު ވާނެކަމަށް ބުނެފައިވެއެވެ.

މިފަދަ ބޮޑު ސިސްޓެއް ނަގަން ވެއްޖެ ނަމަ ކުރިން ފޮނުވަނީ މާލެއަށެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ފުރަބަންދުވުމާއި ގުޅިގެން މިއޮޕަރޭޝަން އެހޮސްޕިޓަލުގައި ކުރަން ޖެހުނީކަމަށް ދާއުދު ބުންޏެވެ.

އާންމުގޮތެއްގައި މާލެ ފޮނުވަނީ ލޮކްޑައުން އާއި ގުޅިގެން މިދަނޑިވަޅުގައި ކުރީ، މިހޮސްޕިޓަލަށް އަދިވެސް އިތުރު އިކުއިޕްމެންޓްސް އާއި ޓޫލްސް ލިބިއްޖެ ނަމަ މިއަށް ވުރެއް ބޮޑެތި އޮޕަރޭޝަން އަދި ފަރުވާވެސް ދެވޭނެ، މިހޮސްޕިޓަލަށް ބޭނުންވާ ޓޫލްސްއާއި އިތުރު ޚިދުމަތްތަށް ހޯދުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ދަނީ ކުރެވެމުން

އަހްމަދު ދާއޫދު ބުންޏެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުން ނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު އެހޮސްޕިޓަލުގެ އެންއައިސީޔޫގައި 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ މިހާތަނަށް އެންމެ ހަގުކޮށް އެހޮސްޕިޓަލުގައި ވިހެއުމަށް ފަހު ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ކުއްޖާކަން ފާހަގަ ކޮށްލެވެ އެވެ. އާންމު ގޮތެއްގައި ދުވަސް ނުފުރާ ވިހަން ޖެހިއްޖެ ނަމަ ގިނަ މީހުން ދަތުރު ކުރަނީ މާލެއަށެވެ.

މިކަމާއި ގުޅިގެން ދާއުދު ބުނެފައިވަނީ އާންމު ގޮތެއްގައި 4 ކަމެއްގައި މާލެ ފޮނުވާލަން ޖެހޭކަމަށެވެ. ދުވަސް ނުފުރާ ވިހަން ޖެހުން، ކަށީގެ އޮޕަރޭޝަންތަކުގައި، ހިތުގެ ބަލީގެ ކަންތައްތަކުގައި އަދި ސްޓްރޯކް ފަދަ ކަންތަކުގައި، މީގެ ތެރެއިން ގިނަ ކަންކަމަކީ ވަރަށް ފަސޭހައިން ރަގަޅު ކުރެވެން ހުރި ކަންތައްތައްކަން ދާއުދު ފާހަގަ ކުރިއެވެ.

28 ހަފްތާގެ ބޭބީ ސަލާމަތް ކުރެވުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެހޮސްޕިޓަލުން ފާހަގަ ކުރެއެވެ. މިފަދަ އިތުރު ކާމިޔާބީތައް ހޯދެން އަންނަނީ އެކަށީގެންވާ ވަރަށް ވަސީލަތްތައް ލިބިގެންނެވެ. ވަސީލަތްތައް ނެތުމުގެ ސަބަބުން އަދި ބެޑް ކެޕޭސިޓީ މަދު ކަމުން ވަރަށް ބޮޑެތި ގޮންޖެހުންތައް އެހޮސްޕިޓަލަށް ވަނީ ކުރިމަތި ވެފައެވެ.

ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް އެބަހުރި. ނިއޮނަޓަލް ވެންޓިލޭޓާސް، އިންކިއުބޭޓާ، ބޭބީ ވާމާސް، ފޮޓޯ ތެރަޕީ މެޝިންސް އެކަށީގެންވާ ވަރަށް ލިބިއްޖެ ނަމަ ވިހެއުމުގެ ކަންތައްތަކުގައި މާލެ ފޮނުވާލަން ޖެހޭ މީހުންގެ އަދަދު މަދުކުރެވޭނެ، އަވަސް މުސްތަޤުބަލެއްގައި އެންއައިސީޔޫއަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލު ކުރެވޭ."

އަހުމަދު އިތުރަށް ހާމަކުރިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ.