ރުޤުޔާ ކުރުމުގެ ނަމުގައި މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރުބަޔަކު ވެފައިވޭތޯ ބެލުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ފަށައިފިއެވެ.

ރުޤުޔާކުރުމުގެ ނަމުގައި މީހުންނަށް އެކިކަހަލަ ގެއްލުންދޭ ކަމަށް ތުހުމަތު ކުރެވިފައި ވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުހައްމަދު ނަސްރުﷲ (55އ) އަށެވެ.

Ad
rt

ފޮޓޯއިން ފެންނަ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ) އަކީ މި ސަރވިސްއަށް ހުށަހެޅި ތަހުގީގު ކުރަމުންދާ، ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުންދެމުންދިޔަ މައްސަލައެއްގައި ތުހުަމަތު ކުރެވޭ މީހަކެވެ.

ފުލުހުން އޭނާގެ ފޮޓޯ އާންމު ކުރަމުން ބުނެފައިވެއެވެ.

ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މުޙައްމަދު ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން މުޙައްމަދު ނަޞްރުﷲ ފުށުން އެފަދަ އަމަލެއްގެ ޝިކާއަކަށްވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.