ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް އާއި ހައި އެޗީވާސް ސްކޮލާޝިޕް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށެވެ.

Ad
rt

އެ މިނިސްޓްރީން ބުނީ ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތަކީ އޭލެވެލް 5 މާއްދާއިން އޭ ސްޓާ ފާސް ލިބިފައިވުން ނުވަތަ ޝަހާދަ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވުން ކަމަށެވެ.

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުންނަށް ފުރުސަތު ލިބޭނީ “ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް” ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. އެ ކުދިންނަށްވެސް ކިޔެވުމުގެ ހަރަދު ހަމަޖައްސާނީ ސަރުކާރުންނެވެ.

ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތު ތަކުގެ ތެރޭގައި އޭ ލެވެލް 5 މާއްދާއިން އޭ ފާސް ހޯދައިފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވުން ހިމެނެއެވެ. މި ސްކޮލާޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ލިބޭނީ ދިވެހިރާއްޖޭގެ އިތުރުން ސާކްގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުގެ މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަނުގައެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލާން އެދޭ ދަރިވަރުން މައި އެޑިއު ޕޯޓަލhttps://myedu.egov.mvް މެދުވެރިކޮށް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.