ކޯވިޑް-19ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ ބަންގްލަދޭޝް މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ދެންމެކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 02:30 ހާއިރުކަމަށެވެ.

Ad
rt

މިއީ ހަފްތާއެއްގެ ތެރޭގައި ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. އެގޮތުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަގުމައްޗަށް ވެއްޓިފައި އޮވެގެން ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ.

މިއަދު މަރުވި މީހާއާއެކު ކޯވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 6އަކަށް އަރައިފައެވެ. އެއީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ.