ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ގެއިން ނެރެ، ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ގެއިން ނެރެ، ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ. އަދި ލ. އަތޮޅު) ހިމެނޭ އަތޮޅެއްގެ ރަށެއްގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޭގައި ހުއްޓައި މީހަކު އެކުއްޖާއަށް ގޮވައި ބޭރަށް ނެރެ ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކަން ހިނގިތާ ފަސް ދުވަސް ފަހުން ކަމަށް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭޕް ކުރަން މަސައްކަތް ކޮށްފައިވަނީ އުމުރުން 13 ވަރަކަށް އަހަރުގެ ކުއްޖެކެވެ.
ފުލުހުން ބުނީ، އެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!