އުމުރުން ދުވަސްވީ 3 މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 30 އަހަރުގެ ފިރިހެނަކު އައްޑޫ ސިޓީ މީދޫއިން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ އުމުރުން 64 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް އިއްޔެ ހެނދުނު 10:35 އެހާކަންހާއިރު ހުށައެޅުނު މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 28 ވަނަ ދުވަހު އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ އުމުރުން ދުވަސްވީ މީހާ ރޭޕްކުރަން އުޅުނު މީހާ ވަނީ މިމަހުގެ 28 ވަނަ ދުވަހު އިތުރު 2 މީހަކަށް (66 އަހަރުގެ ދިވެހި އަންހެނަކަށާއި އަދި 65 އަހަރުގެ ދިވެހި އަންހެނަކަށް) ވެސް ޖިންސީ ގޯނާ ކޮށްފައިކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުޤީޤް ކުރަމުންދާތީ އިތުރުމަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!