ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 56 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1513 އަށް އިތުރު ވެފައެވެ.

Ad
rt

އެޗްޕީއޭއިން ބުނީ މިރޭގެ 22:00 އާއި ހަމައަށް އިތުރު 56 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 56 މީހުން ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ބަންގްލަދޭޝްގެ 35 މީހުންނާއި، އަދި އިންޑިއާ 3 މީހުން ކަމަށެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 242 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި ފަސް މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ރާއްޖޭގައި މަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 1656 މީހުންނެވެ. އައިސޮލޭޝަންގައި 1115 މީހުން އެބަތިއްބެވެ.