އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިއަދު ހެނދުނު 10:35 އެހާކަންހާއިރު ކަމަށެވެ. ސ. މީދޫގައި ހިނގި މިމައްސަލައިގައި ގޯނާ ލިބުނު ދުވަސްވީ އަންހެން މީހާގެ އުމުރެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މީގެއިތުރުން ހުޅުލޭގެ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތްކުރާ ފިރިހެން ފުލުހަކު އެތަނުގައި މަސައްކަތްކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވެސް ފުލުހުން ބަލަމުން އަންނަ ކަމަށް ވަނީ ހާމަކޮށްފައެވެ.
އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އެތަނުގައި މަސައްކަތްކުރާ ނަރުހަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!