ރޭ މަރުވި ބިދޭސީ މީހާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

malaysia-foreign-workers-thestar-web-e1485311770939

މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް އެންއޯއައިސީ އިން ހާމަ ކުރަށްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

އެމީހާއަކީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އަދި އެމީހާއަކީ ދިވެއްސަކާ އެކު މަސައްކަތް ކުރާ މީހެއް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

" ރޭގައި އޭނާ 10 ޖެހިއިރުގައި ފަރީދީ މަގުގައި ހުންނަތާކަންދިޔަކަމަށް، އަދި އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށް. އެމީހާ މަސައްކަތަށްވެސް ނުނިކުންނަތާ ދެ މަސްދުވަސްވަރު ވެދާނެ ކަމަށް، އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ހުރި ކަމަކަށް އެނގިފައެއްނުވޭ." މަބުރޫކް ވިދާޅުވިއެވެ.

https://twitter.com/HPA_MV/status/1265359107583692806?s=19

ކޯވިޑަށް އިތުރު 43 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށްވެސް މަބްރޫކް މިރޭ ވިދާޅުވިއެވެ. އެ މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1438 އަށް އަރާފަ އެވެ.

އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މަރުވި ބިދޭސީއާއި ގުޅިގެން ހާލަތަށް ވަކި އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އޭނާއަކީ ބޮޑު ކުންފުންޏެއްގައި މަސައްކަތް ވެސް ކުރާ މީހެއް ނޫން ކަމަށާއި، އެކަމަކު އެ ކޭސްގައި ވެސް ކޮންޓެކްޓް ޓްރޭސިން ހެދިގެން ދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިފަހަރު މި މަރުވި ބަންގްލަދޭޝް މީހާއާއި އެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދު ވަނީ5 އަރާފައެވެ. މިމީހާގެ އިތުރުން ކުރިން މަރުވެފައި ވަނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

އިތުރު 78 މީހަކު ބަލިން ރަނގަޅުވެފައި ވާކަމަށް އެންއޯއައިސީ އިން ހާމަ ކުރަށްވާފައި ވުމާއި އެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 232 އަށް އަރާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *