ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 24 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1395 އަށް އިތުރު ވެފައެވެ.
އެޗްޕީއޭއިން ބުނީ މިއަދުގެ ހަވީރު 4:30 އާއި ހަމައަށް އިތުރު 24 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 24 މީހުން ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި ބަންގްލަދޭޝްގެ 18 މީހުންނާއި، އަދި އިންޑިއާ ދެ މީހުން ކަމަށެވެ.
ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 144 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ރާއްޖޭގައި މަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 1656 މީހުންނެވެ. އައިސޮލޭޝަންގައި 1115 މީހުން އެބަތިއްބެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!