ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ވާންފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ނުވަތަ އިލެކްޓްރިކް ޝޮކްދޭ ބަޑި (ސްޓަން ގަން) ޓްރަޔަލްގެ ގޮތުގައި މިހާރު ބޭނުން ކުރަން ފަށައިފައިވާ ކަމަށެވެ.

Ad
rt

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ބަޑި ބޭނުން ކުރާނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ކަމަށާއި އެއީ އާންމުންނާއި ފުލުހުންނަށް ބަޔަކު ގެއްލުން ދޭން މަސައްކަތް ކުރާ ހާލަތްތަކުގައު ބޭނުން ކުރަން ރަނގަޅު އެއްޗެއް ކަމަށެވެ. އަދި މި ހަތިޔާރު ބޭނުން ކުރަން ތައްޔާރު ވުމުގެ ބޭނުމަކީ ފުލުހުންނާއި އާއްމުންގެ ރައްކާތެރިކަން އިތުރުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

"މިއީ ފުލުހުންނާއި އާއްމުންނަށް ދޭ ހަމަލައަކުން ދިފާއުވެ އަދި ދޭ ގެއްލުން ކުޑަކުރުމަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އެ ހަތިޔާރު ބޭނުން ކުރެވޭނެ ވަކި އުސޫލުތަކެއް ހުންނާނެ ކަމަށާއި އަދި އިތުރަށް މޮނިޓާ ކުރުމަށް އެ ބޭނުން ކުރާ ފުލުހުން ގައިގައި ބޮޑީ ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.