ކޮވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން ވޯކް ވިސާ ފީ ދެއްކުމުގައި ދަތިވެ، ޖޫރިމަނާ އަރާތީ ކަންބޮޑުވާ ކަމަށް ސީ ވޯލްޑް މޯލްޑިވްސް އިން މިއަދު ބުނެފިއެވެ.
ސީ ވޯލްޑަކީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުން ގެންނަ ބިދޭސީންގެ ވޯކް ވިސާ ފީ ދައްކަމުން އަންނަ އޭޖެންސީ އެކެވެ.
މަހުގެ 15 ގައި އެ އެޖެންސީން އިމިގްރޭޝަނަށް ފޮނުވި ސިޓީގައި ބުނީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން ވިސާ ފީ ނުދެއްކި ޖޫރިމަނާ އަރަމުން އަންނަ ކަމަށެވެ. އެ ކުންފުނިން އެދުނީ މިކަމަށް ކޮންމެވެސް ހައްލެއް ހޯދައި ދިނުމަށެވެ.
ލޮކްޑައުންއާ އެކު ސަރުކާރުގެ ގިނަ އިދާރާކުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސި އެވެ. ވޯކް ވިސާ ފީ ވެސް އޮންލައިންކޮށް ދެއްކެ އެވެ. އެކަމަކު އެގޮތަށް ވިސާ ފީ ދެއްކުމުގައި ވަކި ފަރުދުންގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމަކީ ބޮޑެތި ކުންފުނިތަކުން ނުކުރާ ކަމަކަށް ވާތީ، ފީ ދެއްކުމުގައި ދަތިތައް ދިމާވާ ކަމަށް ސީވޯލްޑް ގެ ސިޓީގައި ވަނީ ބުނެފަ އެވެ.
ސީ ވޯލްޑުން ބުނި ގޮތުގައި ރާއްޖޭގެ ގިނަ ކުންފުނިތަކުން އެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ވިސާ ފީ ދައްކަމުން އަންނަނީ މީރާއަށް ޗެކު ލިޔެގެން ނުވަތަ އޭޖެންސީތައް މެދުވެރިކޮށްގެންނެވެ. އަދި ގިނަ ކުންފުނިތަކުން އޮންލައިން ބޭންކިން ހަދާފައިވާ ނުވުމާއި އޮންލައިން ޓްރާންސްފާ ރިކުއެސްޓު ކުރުމުގައި ސައިން ހޯލްޑަރުންގެ ސޮއި ނުލިބުމަކީ ވެސް ފީ ދެއްކުމުގައި ލަސްވާ ސަބަބުތައް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
Locked down dhuvas vareh gai work visa fee joorimana vumakee maalee gothun rayyiithun nah dhevey varah bodu aniya eh. Office bandhu koffai huregen online kon MIRA ah fee dhekkeyne nizaam eh gina Office thakuga eh hamajehifaeh neiy, @ImmigrationMV @MIRAmaldives @presidencymv
— Ibrahim Sameer (@sameerseaworld) May 16, 2020
މީގެ އިތުރުން ބައެއް ކުންފުނިތަކާއި އޭޖެންސީތަކުގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި ހުއްދަ ލިބުން ދަތި ކަމަށާއި މި ދަނޑިވަޅު ބައެއް ކުންފުނިތަކާއި އޭޖެންސީތަކަށް ފައިސާ ލިބޭ ގިނަ ދޮރުތައް ބަންދުވެފައި ވުމުން ވެސް ވިސާ ފީ ދެއްކުން ލަސްވާ ކަމަށް ސީވޯލްޑުން ބުންޏެވެ.
އެ އެޖެންސީން ބުނީ މި ސަބަބުތަކާ ހުރެ ފީ ދެއްކުން ލަސްވި ނަމަވެސް ޖޫރިމަނާ ނާރާގޮތަށް ހަދައި ދިނުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!