މޭ މަހުގެ ކަރަންޓް ރީޑިން ނެގުމަށް ކަރަންޓް މީޓަރު ތަކުގެ ފޮޓޯ ފޮނުވުމަށް ސްޓެލްކޯއިން އެދެފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ސްޓެލްކޯ އިން އަންނަނީ ގޭގެޔަށް ގޮސް ކަރަންޓް ރީޑިން ނެގުމުގެ ބަދަލުގައި އޮންލައިންކޮށް އެކަން ކުރުމަށް އެދެފައެވެ.

Ad
rt

އެގޮތުން ސްޓެލްކޯ ވެބްސައިޓް މެދުވެރިކޮށް މީޓަރުކޮށް ފޮޓޯ ފޮނުވުމަށް ވަނީ އެދިފައެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މީޓަރު ތަކުގެ ފޮޓޯ ނުފޮނުވާ ނުވަތަ ފޮނުވެން ނެތް ފަރާތްތަކަށް މިފަހަރުވެސް ދޫކުރާނީ އެވްރެޖް ބިލެއްކަމަށެވެ. އަދި އެވްރެޖް ބިލް ފޮނުވާއިރު އެއީ އެވްރެޖް ބިލެއްކަން އިނގޭގޮތަށް ބިލްގައި އެކަން ބަޔާންކުރާނެ ކަމަށް ވެއެވެ.

އަދި އެވްރެޖް ބިލްތައް ފޮނުވި ކަމުގައި ވީނަމަވެސް ލޮކްޑައުންގެ ފަހުން ހަދާ ބިލްތަކަށް އެޑްޖަސްޓްމެންޓްތައް ގެނެސް ކަސްޓަމަރުން އަސްލު ބޭނުންކުރި ވަަރަށް ބިލްތައް ތައްޔާރުކުރެވޭނެކަމަށް ސްޓެލްކޯއިން މައުލުމާތުދެއެވެ.