މާލޭ ސިޓީގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި، މާރާމާރީ އެއް ހިނގައި އަނިޔާވި ބިދޭސީއެއް ފުލުހުންގެ އެހީތެރިމުގައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ޗާންދަނީ މަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި، މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް، 2020 މެއި 15 ވަނަ ދުވަހުގެ 01:54 ހާއިރު ފުލުހުއްނަށް ރިޕޯޓް ކޮއްފައިވާ ކަމަށެވެ.
މި މާރާމާރީ އާ ގުޅިގެން 2 ބިދޭސީ އަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މާރާމާރީ ގައި، ތޫނު އެއްޗަކުން ބޮލަށް ހަމަލާދީފައިވާ، ބިދޭސީ އަކު އެގެއިން ނުކުމެގެން ހިނގާފައި ދަނިކޮށް އަނބުރައިގަނެގެން މަގުމަށްޗަށް ވެއްޓިގެން ފުލުހުންގެ ވެހިކަލްގައި އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަގުގީގު ކުރަމުން ދާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!