ރާއްޖެއިން އިތުރު 27 މީހަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވް ވެ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1000 އަށް ކައިރި ކޮށްފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 982 އަށް އިތުރުވެފައެވެ.

ރާއްޖޭގައި ފާއިތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި 555 ސާމްޕަލް ނަގާފައިވާއިރު މިއަދުވަނީ އިތުރު 6 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 46އަށް އަރާފައެވެ.

Ad
rt

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޒުވާން ޢުމުރުފުރައިގެ މީހުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތްފެންނަ މީހުންނަށްވުރެ އެއްވެސް ޢަލާމާތެއް ނުފެންނަމީހުން ގިނަކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އެންމެ ގޯސްވާނެކަމަށް އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ލަފާކުރައްވާފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާއި ދެމެދުއެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޙާލަތަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލަށް ތައްޔާރުވެ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް މިހާރުވެސް ސަރުކާރުން ވަނީ އަޅާފައެވެ.

ޕްރެސް ކޮންފަރެންސްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ކޭސްތައް ފެންނަމުންދާ ގޮތާއި ޕޮޒިޓިވްވާ މީހުންނާއި ގުޅުންހުރި މީހުން ފެންނަ އަދަދު މަދުކަމަށެވެ. އަދި އާ ކްލަސްޓާތަކާއި ގުޅުންހުރި ކޮންޓެކްޓް މަދުވުމަކީވެސް ހިންހަމަޖެހުމެއްކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ބަލި ފެންނަ އުމުރުފުރާވެސް އުޅެނީ އެއް މިންގަޑެއްގައިކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ބަލި ފެންނަމުންދާ ގޮތަށް ބަލާއިރު އެއްދުވަހު އަދަދު މަތިވެފައި އަނެއްދުވަހު އަދަދު ދަށްވުމަކީ ބަލި ކޮންޓްރޯލްވުންކަމަށް ދެކިގެން ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެ ޢަދަދުތައް ދަށްކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސާފްތާހިރުކަމަށް އިސްކަންދިނުމަށާއި، އެކަކު އަނެކަކު ގައިދުރުކަން ބެހެއްޓުމަށް ވެސް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބަލިން ރަނގަޅުވެފައިވާ ބައެއް މީހުން

  • ކޭސްނަމްބަރު 86، ޢުމުރު 31 އަހަރު (އަންހެން)، އޭއެމްއެޗް ކްލަސްޓަރ، ރަނގަޅުވީ 10 މެއި 2020ގައި
  • ކޭސްނަމްބަރު 80، ޢުމުރު 35 އަހަރު (އަންހެން)، ބީއެންސީ ކްލަސްޓަރ، ރަނގަޅުވީ 04 މެއި 2020ގައި
  • ކޭސްނަމްބަރު 79، ޢުމުރު 28 އަހަރު (އަންހެން)، ބީއެންސީ ކްލަސްޓަރ، ރަނގަޅުވީ 07 މެއި 2020ގައި
  • ކޭސްނަމްބަރު 71، ޢުމުރު 43 އަހަރު (އަންހެން)، އެމްއެޗްއެފް ކްލަސްޓަރ، ރަނގަޅުވީ 07 މެއި 2020ގައި
  • ކޭސްނަމްބަރު 54، ޢުމުރު 38 އަހަރު (ފިރިހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 08 މެއި 2020ގައި
  • ކޭސްނަމްބަރު 30، ޢުމުރު 33 އަހަރު (އަންހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 07 މެއި 2020ގައި
  • ކޭސްނަމްބަރު 29، ޢުމުރު 37 އަހަރު (ފިރިހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 08 މެއި 2020ގައި
  • ކޭސްނަމްބަރު 20، ޢުމުރު 23 އަހަރު (ފިރިހެން)، ބޭރުން ރާއްޖެއައި، ރަނގަޅުވީ 6 މެއި 2020ގައި
  • ކޭސްނަމްބަރު 19، ޢުމުރު 19 އަހަރު (ފިރިހެން)، ބޭރުން ރާއްޖެއައި، ރަނގަޅުވީ 13 އޭޕްރީލް 2020ގައި
  • ކޭސްނަމްބަރު 18، ޢުމުރު 20 އަހަރު (ފިރިހެން)، ރަނގަޅުވީ، 17 އޭޕްރީލް 2020ގައި
  • ކޭސްނަމްބަރު 17، ޢުމުރު 22 އަހަރު (ފިރިހެން)، ރަނގަޅުވީ، 13 އޭޕްރީލް 2020ގައި
  • ކޭސްނަމްބަރު 28، ޢުމުރު 47 އަހަރު (ފިރިހެން)، ބީއާރުބީ ކްލަސްޓަރ، ރަނގަޅުވީ 5 މެއި 2020ގައި
  • ކޭސްނަމްބަރު 23، ޢުމުރު 42 އަހަރު (އަންހެން)، ޖަރީމާ ކްލަސްޓަރ، ރަނގަޅުވީ 7 މެއި 2020ގައި
  • ކޭސްނަމްބަރު 22، ޢުމުރު 2 އަހަރު (ފިރިހެން)، ޖަރީމާ ކްލަސްޓަރ، ރަނގަޅުވީ 7 މެއި 2020ގައި
  • ކޭސްނަމްބަރު 96، ޢުމުރު 48 އަހަރު (ފިރިހެން)، ލިލީ ކްލަސްޓަރ، ރަނގަޅުވީ 8 މެއި 2020ގައި