ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިޔާތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ސޮނެވާ ޖާނީ ރިސޯޓްގައި މަސައްކަތްކުރާ މީހަކު އެ ރިސޯޓްގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލަ އެއް މިރޭ 8:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މިހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް، ފުލުހުން ވަނީ ތަހުގީގު ފަށާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!