ރާއްޖޭގެ ވިޔަފާރިތައް ނެތިދިއުމުގެ ބިރު ބޮޑުވެ އެތައް ހާސް އާއިލާއެއް ނިކަމެތިވެ ހާލުގައިޖެހޭ ފަރާތްތަކަށް އަވަސް ލުޔެއް ހޯދައިދިނުމުގެ ގޮތުން “ކޯވިޑް19 ގެ އެހީތެރި ކަމުގެ ބިލު”ގެ ނަމުގައި މިއަދު މަޖިލިސްއަށް ބިލެއް ހުށައަޅައިފިކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ޕެންޝަން ފަންޑުގެ ޙައްޤުވެރިންނަށް ފައިސާ ދޫކުރުމާއި، ގޭކުއްޔަށް ލުއިދިނުމާއި، ޓޫރިޒަމްގެ ސިނާއަތުން ވަޒީފާ ގެއްލުނު އެތައް ހާސް މުއައްޒިފުންގެ ވަޒީފާ ޔަޤީން ކުރުމާއި އެކު، ޓޫރިޒަމް ސިނާއަތުގެ ބިމުކުއްޔަށް ސެޑިއުލްއެއް އެކަށަ އެޅުމާއި، ސްޓޫޑެންޓް ލޯން ފަސްކުރުމަށް އެ ބިލުގައި ހިމަނާފައިވާނެކަމަށެވެ.

Ad
rt

ކުދި ވިޔަފާރި ތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދުމާއި، ދަންޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައި ދެވޭނެ އިންތިޒާމް ފަހިވުން ހިމެނޭ މި ބިލް، މަޖިލިސްއަށް ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ސައީދު ބުނެފައިވެއެވެ.

ކޯވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކުރި އިގުތިސާދީ ޕެކޭޖަކީ އެއްވެސް އޮއްޓަރެއް ހުރި ޕެކޭޖެއް ނޫން ކަމަށް ސައީދު ވަނީ މީގެ ކުރިން ވިދާޅުވެ ސަރުކަރަށަ ފާޑުކިއުން އަމާޒުކޮށްފައެވެ.