ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތު އިތުރު ކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، 2020 މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެ ކުރެެވެން ހުރި މަސައްކަތްތައް، ގެއިން ކުރުމަށާއި ސަރުކާރުން އޮންލައިންކޮށް ފޯރުކޮށްދެވެން އޮތް ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އޮފީސްތަކަށް އަންގާފައިވާ ކަމަށެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުުގެ ހާލަތާ ގުޅިގެން ސަރުކާރު ބަންދުކުރުމަށް އެންމެ ފަހުން ނިންމާފައިވަނީ މިމަހުގެ 18 ގައެވެ. ނަމަވެސް ސަރުކާރު ބަންދުކުުރުމުގެ މުއްދަތެއްގެ ގޮތުގައި އޭރު ނިންމާފައިވަނީ މިއަދުގެ ނިޔަލަށެވެ.
މިއަދު ވަނީ ސަރުކާރުން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 12 މާރިޗު 2020 އިން ފެށިގެން 30 މޭ 2010 ގެ ނިޔަލަށް، ދެމެހެއްޓުމަށް ނިންމައި، އެކަންވެސް އިޢުލާނު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!