ކޯވިޑް-19 ބަލީގެ ސަބަބުން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދަނީ ފަސް ބަލިމީހުންނަށް ކަމަށް އެންއީއޯސީ އިން ބުނެފިއެވެ.
މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސައިން ވިދާޅުވީ މިވަގު އައިސީޔޫގައި ފަރުވާ ދެވެމުންދަނީ ކޯވިޑް-19 ގެ ފަސް ބަލި މީހުންނަށް ކަމަށެވެ.
އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންކަމަށާއި، ދެން އައިސީޔޫގައި ފަރުވާ ދެމުން ދަނީ ކޮން ޤައުމެއްގެ މީހެއްކަމަށް ޑރ. ހާމައެއް ނުކުރަށްވައެވެ.
ޑރ. މޫސާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އައިސީޔޫގައި ތިބީ 80 އަހަރުގެ މިހަކާއި، 70 އަހަރުގެ މިހަކާއި، 68 އަހަރުގެ މީހަކާއި، 40 އަހަރުގެ 2 މީހުން ކަމަށެވެ.
އެތަނުން 80 އަހަރުގެ މީހާ ހާލު މިއަދު ސީރިއަސްވުމުން އޮކްސިޖަން ސަޕޯޓް ދީފައި ވާނެ ކަމަށްވެސް ޑރ. މޫސަ ވިދާޅުވިއެވެ. އަދި އެތަނުން 3 ބަލި މީހަކަށް އޮކްސިޖަން ސަޕޯޓު ދޭ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
ރާއްޖެއިން މިބަލީގައި ފުރަތަމަ ފަހަރަށް މީހަކު ނިޔާވެފައި ވާއިރު، މިހާތަނަށް 269 މީހަކަށް ރާއްޖެއިން މިބަލި ވަނީ ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!