ށ. ނަރުދޫން ޕޮޒިޓިވްވި މީހުން ދޮނަކުޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ނަރުދޫން ޕޮޒިޓިވްވި މީހުން މިހާރު އަންނަނީ ދޮނަކުޅި ރިސޯޓްގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކުރަމުން. މީގެ އިތުރުން ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީގައި ތިބި މީހުން މިހާރު އަންނަނީ ބަނޑޮސް ރިސޯޓަށް ބަދަލުކުރަމުން. މާލެއިން ޕޮޒިޓިވް ވާ މީހުން ދެން ގެންދާނީ ބަނޑޮހަށް.
މަބުރޫކް ވިދާޅުވިއެވެ.
ނަރުދޫން މިހާތަނަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މީގެ އިތުރުން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުން ބަނޑޮސް އައިލެންޑް ރިސޯޓަށް ބަދަލުކުރަންވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!