މައި ޚަބަރަށް ދިޔުމަށް

ނައިބު ރައީސް ޞިއްޙީ ދާއިރާގައި ވެރިންނާ މަޝްވަރާ ކުރައްވައިފި

ޝިއުނާ އާދަމް 23:47
ނައިބު ރައީސް ޞިއްޙީ ދާއިރާގައި ވެރިންނާ މަޝްވަރާ ކުރައްވައިފި

ޚުލާޞާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައި...

Ad

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Ad
rt

އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދުވަސްވަރު ޢާންމު އެހެން ބަލިތަކުގެ ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށްދާގޮތާއި އަދި ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ތެލެސީމިއާ ކުދިންނާއި މާބަނޑު އަންހެނުންނާއި އަދި އެނޫންވެސް ބޮޑެތި ބަލިތަކުގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެހިފައިހުރި ގޮތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

" ކޯވިޑް-19އާއި ގުޅިގެން އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި އެކަންކަން ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވީހާވެސް ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމާއި ކޯވިޑް-19ގެ ބަލީގެ އިތުރުން އެހެންބަލިތަކަށް ފަރުވާ ހޯދާފަރާތްތަކަށް ވެސް މިދުވަސްވަރު ޚިދުމަތްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ." ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ވެރިން ވަނީ ޚާއްޞަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އަޅަންޖެހިފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްތެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙިއްޞާކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ އެއްރަށުން އަނެއްރަށަށް ކުރާ ޢާންމު ދަތުރުފަތުރު ހުއްޓާލާފައި އޮތުމުން ޞިއްޙީ ދާއިރާއިން ކުރިން ޢާންމު ދަތުރުފަތުރަށް ބަރޯސާވެ ދެމުންދިޔަ ބައެއް ޚިދުމަތްތައް ދިނުމުގައި ހުރިދަތިތަކާއި ޞިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ބައެއް ތަކެތި ލިބުމުގައި ހުރިދަތިތައް އެބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ ޢަމީންއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީގެ އިތުރުން އާސަންދަ ކޮންޕެނީއާއި، ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ އިސްވެރިން ވަނީ އެ އިދާރާތަކުން މިކަމުގައި ކުރައްވައި މަސައްކަތްތަކުގެ ތަފްޞީލުތައް ދެއްވައި ކައުންސިލުތަކާއި ހޮސްޕިޓާތަކުގެ ވެރިންނަށް ކުރިޔަށްދާންވީ ގޮތުގެ އިރުޝާދު ދެއްވާފައި ކަމަށްވެސް ރައީސް އޮފީހުން ހާމަ ކުރަށްވައެވެ.

އިތުރު ލިޔުންތައް ކިޔާލަން ކަހާލާ

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!

މިލިޔުމާއި ގުޅޭގޮތުން ތިޔަބޭފުޅާއަށް ފެނުނުތަނާއި ތަޖުރިބާ އަދި ޚިޔާލު ހިއްސާކުރައްވާ!
Ad
alied text
އެންމެ ފަހުގެ ލިޔުންތައް