ށ. ނަރުދޫ އިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުން އިތުރު ތިން މީހަކު ފައްސިވެފައިވާ ކަމަށެވެ.
އެކަން އެ ޢާއިލާއަށް އަންގާފައިވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށްވެސް އޭނާ ބުންޏެވެ.
އެ ރަށުން ވިހި މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އަލަށް ފައްސިވި ތިން މީހުންނަކީވެސް އަމާޒު ބޯޓު ކެޕްޓަނާއި ސީދާ ބައްދަލުވި އެއް ޢާއިލާއެއްގެ ތިން މީހުން ކަމަށް އޭނާ ބުންޏެވެ.
އެރަށު އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވެފައިވާއިރު، އެ ބޯޓުން ވަނީ އެކި ރަށް ރަށުގެ 98 މީހެއް ދަތުރު ކޮށްފައެވެ. އަދި އެމީހުންނާއި ސީދާ ބައްދަލުވި 102 މީހެއް ހޯދި ފައިވާ ކަމަށް އެންއީއޯސީއިން ރޭ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!