ށ. ނަރުދޫ އިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު 6 އަށް އަރައިފިއެވެ.

އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ވަނީ އެރަށުން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު ހަޔަކަށް އަރާފައިވާ ކަމަށް ބުނެފައެވެ.

Ad
rt

އޭނާ ބުނީ އެރަށުން ކޯވިޑް-19 ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަނބިމީހާއާއި، ދެ ދަރިންނާއި އަދި އަމާޒު ބޯޓުގެ ދެ ފަޅުވެރިން ކަމަށެވެ.

އެ ރަށުން ވިހި މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް އޭނާ ކުރިން މި ނޫހަށް ވަނީ ބުނެފައެވެ.

އެރަށު އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވެފައިވާއިރު، އެ ބޯޓުން ވަނީ އެކި ރަށް ރަށުގެ 98 މީހެއް ދަތުރު ކޮށްފައެވެ. އަދި އެމީހުންނާއި ސީދާ ބައްދަލުވި 101 މީހެއް ހޯދި ފައިވާ ކަމަށް އެންއީއޯސީއިން ރޭ ވަނީ ބުނެފައެވެ.